ފުވައްމުލައް ސިޓީގައި ހަދާފައިވާ ޓީޓީ ސެެންޓަރު

ހަބަރު

މާލެއިން ބޭރުގައި ހެދުނު ފުރަތަމަ ޓީޓީ ސެންޓަރު ފުވައްމުލަކުގައި ހުޅުވައިފި

އަލީ އަޒްޔަން - ފުވައްމުލަކު | 5 ޖޫން 2022 , އާދީއްތަ 11:26   196

ޓޭބަލް ޓެނިސް (ޓީޓީ) ކުޅުމަށްޓަކައި ޚާއްޞަކުރެވިގެން، މާލެއިން ބޭރުގައި ހެދުނު ފުރަތަމަ ސެންޓަރު ފުވައްމުލަށް ސިޓީގައި ހުޅުވައިފިއެވެ.

މިސެންޓަރުގެ ފްލޯރިންގ އާއި ތަން ޑިޒައިން ކުރެވިފައިވަނީ މިކުޅިވަރަށް ޚާއްސަކުރެވިގެން ކަމުގައި މައްލޫމާތު ލިބެއެވެ. ފުލްކޮށް އެއަރ ކޯންކޮށްފައި ހުންނަ މިސެންޓަރުގައި އެއްފަހަރާ 32 މީހަކަށް ކުޅެވޭނެއެވެ. އެގޮތުން އެތަނުގައި ފެންވަރު ރަނގަޅު 3 ޓޭބަލްޓެނިސް ކުޅޭ މޭޒު ބެހެއްޓިފައިވެއެވެ.

މިސެންޓަރާއި ގުޅިގެން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފައިވަނީ، މިއީ އަތޮޅުތަކުގެ ތަރައްގީ ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށެވެ. އަދި މިސެންޓަރު ހުޅުވާފައިވަނި ބިދޭސީ ކޯޗަކާއި އެކު ކަމަށް ވުމުން، ތުއްތު ކުދިންނާއި ޒުވާނުންނަށް އަމާޒުކުރެވިގެން ޕްރޮގްރާމްތައް ހިންގުމަށް ރޭވިފައިވާކަމަށެވެ.

މިޕްރޮޖެކްޓަކީ މިސަރުކާރުން ހިންގަން ނިންމި ޕްރޮގްރާމެއް ކަމަށް ޔޫތް މިނިސްޓަރ މަހްލޫފް ދާދިފަހުން ވިދާޅުވެފައިވެއެވެ.

ޓެގްސް: ޓޭބަލްޓެނިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.