މަންކީޕޮކްސް ފަތުރާ ވައިރަސް، މިބަލި މިހާބާރަށް މީގެކުރިން ފެތުރިފައިނުވޭ

ދުނިޔެ

27 ގައުމަކުން ތިން ހަފްތާތެރޭ މަންކީޕޮކްސްގެ 780 ކޭސް ފެނިއްޖެ

އަލީ އަޒްޔަން - ދުނިޔެ | 6 ޖޫން 2022 , ހޯމަ 08:30   207

ޗިކެންޕޮކްސްގެ ވައްތަރެއްކަމަށްވާ މަންކީޕޮކްސް އެފްރިކާއިން ބޭރުގައި ޖެހުނު މީހުންގެ ޢަދަދު 780 އަށް ވުރެ ގިނަވެއްޖެކަމަށް އ.ދ. ގެ ސިއްޙަތާއި ބެހޭ އިދާރާ، ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

މިބަލި މިހާރު ފެތުރެމުން ދަނީ މީގެކުރިން މިބަލި އެއްގޮތަކަށް ވެސް ނެތް ސަރަޙައްދުތަކުންނެވެ. އެފްރިކާއިން ބޭރުން، ޖުމްލަ 27 ގައުމަކުން މިބަލި މިހާރު ފެނިފައިވެއެވެ.

ފާއިތުވެދިޔަ ހަފްތާއަށް ބަލާއިރު، ބަލި ފެންނަ މިންވަރު ވަނީ ގާތްގަނޑަކަށް ތިންގުނަ ވެފައެވެ. މީއީ މީގެ ކުރިން އަންދާޒާކުރި އަދަދުތަކަށް ވުރެ ބޮޑު ޢަދަދުދަކެއް ކަމަށް ބީބީސީ ބުނެއެވެ.

މިހާރު ފެންނަމުންދާ ގިނަ ކޭސްތައް ފެންނަނީ ޔޫރަޕާއި އުތުރުއެމެރިކާ ބައްރުގެ ގައުމުތަކުންނެވެ. މީގެ އިތުރުން ވެސް މެކްސިކޯ، އާޖެންޓީނާ، މޮރޮކޯ އަދި ޔޫއޭއީ އިން ވެސް ދަނީ މިބަލީގެ ކޭސްތައް ފެންނަމުންނެވެ. މިހާތަނަށް އެއްގައުމަކުން އެންމެ ގިނަ ކޭސް ފެނިފައިވަނީ އިނގިރޭސި ވިލާތުންނެވެ. އެގައުމުން 207 ކޭސް ފެނިފައިވާއިރު، ސްޕޭނުން 156 ކޭސް، އަދި ޕޯޗުގަލް އިން 138 ކޭސް ފެނިފައިވެއެވެ.

ޑަބްލިއުއެޗްއޯ އިން ބުނަނީ މިޢަދުތަކަށް ވުރެ އަސްލު ކޭސްތަކުގެ އަދަދު މާބޮޑަށް ވެސް ބޮޑުވާނެކަމަށެވެ. އަދި މިހާރު ފެންނަމުންދާ ކޭސްތަކާއި، ކުރީގެ ގިނަ ކޭސްތަކާއި އެއްވެސް ގުޅުމެއް ނެތްކަމަށެވެ.

ގްލޯބަލް ހެލްތް ބޮޑީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިބަލި ގިނައިން ފެނިފައިވަނީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައެވެ.

ޓެގްސް: ބަލިމަޑުކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.