ސ.ފޭދޫ، އައްޑޫސިޓީ

ހަބަރު

ސ.ފޭދޫ މާރާމާރީ ކޭސްތަކުގައި ހަތަރު މީހަކު ހައްޔަރުކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 6 ޖޫން 2022 , ހޯމަ 09:03   308

މިމައްސަލާއި އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، ފުލުހުން ވަނީ ރޭގެ ވަގުތެއްގައި އެރަށުން 16 އަހަރުގެ ކުޑަކުއްޖަކު ހައްޔަކުކޮށްފައެވެ.

މީގެ އިތުރުންވެސް 18 އަހަރުގެ 2 މީހަކާއި، 29 އަހަރުގެ މީހަކު ވެސް ހައްޔަރުކޮށްފައިވެއެވެ.

ސ.ފޭދޫގައި ހިނގަމުންދާ މާރާމާރީތަކުގެ ތެރެއިން އުމުރުން 21 އަހަރުގެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމުގެ ސަބަބުން އޭއީއެޗް ގައި ފަރުވާ ދެމުންދަނިކޮށް ވަނީ ނިޔާވެފައެވެ. އަދި އިތުރު މީހަކަށް ދަގަނޑުބުރިއަކުން ހަމަލާދީ ބޯފަޅާލާފައިވެއެވެ. އެމީހާ ވެސް ބޮޑުވަރުގެ އަދިވެސް އަންނަނީ ފަރުވާދެމުންނެވެ.

އައްޑޫގައި ފަހަކަށް އައިސް މާރާމާރީތައް އަންނަނީ ވަރަށް ބޮޑުތަން އިތުރުވަމުންކަމަށް ފުލުންހުން ވެސް ފާހަގަކުރައްވައެވެ. އަދި ވަރަށް ގިނަ މައްސަލަތަކަކީ މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތައްކަމަށް ބެލެވޭ މައްސަލަތަކެވެ.

އައްޑޫއަކީ ނިސްބަތުން ބިން ބޮޑު ރަށަކަށްވެފައި ވަޞީލަތްތައް ގިނައިން ބޭނުންވާތަނެކެވެ. ޕެޓްރޯލްކުރާނެ ވެހިކަލްތައް ނެތުމަކީ ވެސް ފުލުހުންގެ ޝަކުވާއެކެވެ.

މިލިޔުމާއި ގުޅޭ :

ފޭދޫ މާރާމާރީގައި އަނިޔާލިބުނު ޒުވާނާ، އެއީއެޗްގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ

ޓެގްސް: މާރާމާރީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.