ކިއު-ސްޓަޑީ ގެ ފަރާތުން އިންތިޒާމްކުރި އެކްސްޕޯގެތެރެއިން

ހަބަރު

މެލޭޝިއާގެ 10 ޔުނިވާސިޓީއަކުން ބައިވެރިވި އެކްސްޕޯއެއް އައްޑޫގައި

ނިއުސްޑެސްކް - އައްޑޫ އަތޮޅު | 6 ޖޫން 2022 , ހޯމަ 21:58   452

ތައުލީމާއި ގުޅޭ ކޮންސަލްޓެންސީ ދިނުމުގައި ނަން މަޝްހޫރު މެލޭޝިއާގެ ކުންފުންޏެއް ކަމުގައިވާ ކިއު-ސްޓަޑީ އިން އިންތިޒާމްކޮށްގެން، ފަސް ދުވަހުގެ މުއްދަތަކަށް ރާއްޖޭގެ ފަސް ސިޓީއެއްގައި ބޭއްވުނު 'އެޑިއުކޭޝަން އެކްސްޕޯ 2022' މިއަދު އައްޑޫ ސިޓީ ހިތަދޫ ގައި ބާއްވައިފިއެވެ.

އައްޑޫ ސިޓީ އާއި ހަމައަށް މިއެކްސްޕޯ މިއައީ، ކުޅުދުއްފުޓާއި، މާލެ، އަދި ފުވައްމުލަކުގައި މި އެކްސްޕޯގެ ޙަރަކާތްތައް ބޭއްވުމަށްފަހުއެވެ.

މި އެޑިއުކޭޝަން އެކްސްޕޯގައި މެލޭޝިއާގެ 10 އަމިއްލަ އަދި ޕަބްލިކް ޔުނިވާސިޓީތަކުން ބައިވެރިވެފައިވެއެވެ. މީގޭތެރޭގައި ދިވެހިންގެ މެދުގައި ނަން މަޝްހޫރު ޔުނިވާސިޓީތައް ހިމެނެއެވެ.

ކޮންމެ ޔުނިވާސިޓީއަކުން ބޭފުޅުން ވަޑައިގެން ދަރިވަރުންނަށް ޕްރޮގްރާމްތަކާއި ގުޅޭގޮތުންނާއި، ކިޔެވުމާއި ގުޅޭގޮތުން މަޢްލޫމާތު ފޯރުކޮށްދީފައިވެއެވެ.

މި އެކްސްޕޯގެ ތެރެއިން، ކިއު-ސްޓަޑީގެ ފަރާތުން، ސީނިއަރ ކޮންސަލްޓެންޓް، ވީޖާޔާސެގަރަން އާއި ޔުނިވާސިޓިތަކުން ވަނީ އެކްޕްރެސް ނޫހައް ވަރަށް ޚާއްސަ ވީޑިއޯ އިންޓަވިއުތަކެއް ދެއްވާފައެވެ.

ކިއު-ސްޓަޑީ އަދި ޔުނިވާސިޓީތަކުން ދެއްވި އިންޓަވިއުތައް

އެފަރާތުން ވަނީ ގިނަ ކައުންސިލްތަކުންނާއި އިދާރާތަކުން ދަރިވަރުންނާއި ގުޅޭ މިފަދަކަންކަމުގައި ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

ކިއު-ސްޓަޑީ މެދުވެރިކޮށް މެލޭޝިއާގެ 40 އަށް ވުރެ ގިނަ ތައްލީމްދޭ މަރުކަޒުތަކަށް ވާސިލްވެވެއެވެ. އަދި ރަނގަޅު ޕްރޮރާމްތަކާއި، އެންމެ އެކަށޭނެ ޕްރޮގާމްތައް ހޯދުމުގައި ދަރިވަރުންނަށް ވަރަށް ބޮޑު ފައިދާތަކެއް މިފަދަ އެކްސްޕޯ ތަކުން ލިބެއެވެ. އެފަރާތުން މިޚިދުމަތް ދިނުމުގައި އަގެއް ނުނަގައެވެ. މެލޭޝިއާއަށް ގޮސް ދިރިއުޅެން ފެށުމާއި ހަމައަށް ހުރިހާ ކަމެއްގައި އެފަރާތުން އެހީތެރިކަން ފޯރުކޮށްދެއެވެ.

ވިޖާޔާ އިތުރަށް ވިދާޅުވީ، އެބޭފުޅުން އަބަދުވެސް ދަރިވަރުންނަށް ބައިވެވެރީ އެންމެ ރަނގަޅު ކޯހަށް، އެންމެ ރަނގަޅު ޔުނިވާސިޓީއަށް ކަން ކަށަވަރުކުރަން ބޭނުންވާކަމަށެވެ.

"އަޅުގަނޑުމެންނާއި އެކު މަސައްކަތް ކުރާ މި 40 ޔުނިވާސިޓީ އަކީ އެންމެ ފެންވަރު ރަނގަޅު ތަންތަން"، ވިޖާޔަ ވިދާޅުވިއެވެ.

ޓެގްސް: އެކްސްޕޯ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.