އިނގިރޭސިވިލާތުގެ ބޮޑުވަޒީ ބޮރިސް ޖޯންސަން އާއި ދެކޮޅަށް ހުށަހެޅުނު އިތުބާރު ނެތްކަމުގެ ވޯޓުން ލިބުނު ގެއްލުން ބޮޑުނަމަވެސް، ހަނިގޮތަކަށް ސަލާމަތްވެ ވަޑައިގެންފިއެވެ.
ފަހަކަށް އައިސް، ކޮންސަރވޭޓިވް ޕާޓީގެ ވެސް ލީޑަރު، ބޮރިސްގެ ބޮލުގައި ގިނަ ތުހުމަތުތަކެއް އެޅިފައިވެއެވެ. އޭގެތެރޭގައި ބޮޑުވަޒީގެ އޮފީހުގައި އާއި ގެކޮޅުގައި ބަނގުރާބޮއެ ޕާޓީކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ. މިކަންކަމާއި ހެދި ޢާއްމުންގެ ތެރޭގައި ބޮރިސްއާއި ދެކޮޅަށް ވަރަށް ބޮޑު ރުޅިވެރިކަމެއް އުފެދިފައިވެއެވެ.
އިތުބާރު ނެތްކަމުގެ ސިއްރު ވޯޓުގައި ބޮރިސް އަށް ލިބިވަޑައިގެންނެވީ އެންމެ 59 އިންސައްތަ ވޯޓެވެ. ބޮރިސްގެ އަމިއްލަ ޕާޓީގެ ދެބައިކުޅަ އެއްބައި މީހުންވެސް ވޯޓު ދީފައިވަނީ ބޮރިސް ބޭރުކުރުމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ދުވަސްތައް ވެގެންދާނީ ބޮރިސް އަށް ދަތި އުނދަގޫ ދުވަސްތަކެއްގެ ގޮތުގައި ކަމަށް ބީބީސީ ބުނެއެވެ.