އެމެރިކާގެ ޚާރިޖީ ވުޒާރާގެ ނައިބު ވެންޑީ ޝާމަން އާއި ދެކުނު ކޮރެއާގެ ޚާރިޖީ ވަޒީރުގެ ނައިބު ޗޯ ހުޔޫން ޑޮންގް

ދުނިޔެ

އުތުރު ކޮރެއާއަށް އެމެރިކާގެ އިންޒާރެއް- އިތުރު ނިއުކްލިއާ ހަތިޔާރެއް ޓެސްޓުކޮށްފިނަމަ ވަރުގަދަ ރައްދެއް ދޭނަން

ދާނިޝް - އެމެރިކާ | 7 ޖޫން 2022 , އަންގާރަ 21:51   302

އިތުރު ނިއުކްލިއާ ހަތިޔާރެއްގެ އުތުރު ކޮރެއާއިން ޓެސްޓުކޮށް ފިނަމަ، ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެ އެމެރިކާއިން އުތުރު ކޮރެއާއަށް އިންޒާރެއް ދީފިއެވެ.

މި އިންޒާރު އުތުރު ކޮރެއާއަށް ދެއްވައި ވާހަކަދެއްކެވީ ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމެރިކާގެ ޚާރިޖީ ވުޒާރާގެ ނައިބު ވެންޑީ ޝާމަންއެވެ. އޭނާ ވިދާޅުވި ގޮތުގައި އުތުރު ކޮރެއާ އިން އައު ނިއުކްލިއާ ހަތިޔާރެއް ޓެސްޓު ކޮށްފިކަމުގައި ވާނަމަ ނަމަ، އެމެރިކާ އާއި ދެކުނު ކޮރެއާ އަދި ދުނިޔޭގެ އެހެން ގައުމުތަކާއި ވެސް ގުޅިގެން، ފުރިހަމަ އަސްކަރީ ބާރާއެކު އުތުރު ކޮރެއާއަށް ރައްދު ދޭނެ ކަމުގައެވެ.

އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރެއް ޓޭސްޓު ކުރުމަކީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ މުޅިން ޚިލާފު ކަމެއްކަން ފާހަގަ ކުރައްވާފައެވެ.

ވެންޑީ ޝާމަން މި މޭރުމުން ވާހަކަ ދައްކަވައިފާ މިވަނީ އުތުރު ކޮރެއާއިން މިދިޔަ އާދީއްތަ ދުވަހު އެކަނި ވެސް، ކުރު ރާސްތާގެ އަށް ބެލެސްޓިކް މިސައިލް ޓެސްޓުކޮށް ފައިވާ ދަޑިވަޅެއްގައެވެ. އަދި މިހާރު އެ ގައުމުން މަސައްކަތް ކުރަމުން ދަނީ އެ މިސައިލުތަކުގައި އުފުލުމަށް އުފައްދާފައިވާ ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓެގްސް: ނޯތް ކޮރެއާ އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.