ކައިލަން އެމްބާޕޭ

ކުޅިވަރު

ދުނިޔޭގެ އެންމެ އަގުބޮޑު ފުޓުބޯޅަ ކުޅުންތެރިއަކަށް އެމްބާޕޭ

ދާނިޝް - ދުނިޔެ | 7 ޖޫން 2022 , އަންގާރަ 15:57   199

ސީއައިއީއެސް ފުޓްބޯލް އޮބްޒަވޭޓަރީއިން ހަދާފައިވާ ދިރާސާއަކުން ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ ތެރެއިން ދުނިޔޭގައި މި ވަގުތު ހުރި އެންމެ އަގުބޮޑު ކުޅުންތެރިޔަކީ ޕީއެސްޖީއަށް ކުޅެމުން އަންނަ ކީލިއަން އެމްބާޕޭ ކަމުގައި ހާމަކޮށްފިއެވެ.

އެމްބާޕޭ މިލިސްޓުގެ އެންމެ ކުރިއަށް އަރަނީ އޭނާގެ ޓްރަންސްފަރގެ އަގު 175.7 މިލިއަން ޕައުންޑަށް އަރާނެކަމަށް އަންދާޒާ ކުރެވިފައިވާތީއެވެ. މި ސީޒަނަށް ފަހު ރެއާލް މެދްރިޑަށް ބަދަލުވުމުގެ ފުރުސަތު ލިބުމާއެކުވެސް އެކަން ގަބޫލް ނުކޮށް ޕީއެސްޖީ ގައި މަޑުކުރަން ނިންމާފައެވެ.

މިލިސްޓުގެ ދެވަނަ ލިބެނީ ރެއާލް މެޑްރިޑްގެ ފޯވާޑް ބްރެޒިލްގެ ކުޅުންތެރިޔާ ވިނީޝިއަސް ޖޫނިއަރއަށެވެ. އޭނާގެ އަގު އުޅެނީ 158.3 މިލިއަން ޕައުންޑްގައެވެ. އަދި މިލިސްޓުގެ ތިންވަނަ ލިބުނީ ނޯވޭގެ ފޯވަޑް އަރލިންގ ހާލަންޑްއެވެ. އޭނާގެ އަގު އުޅެނީ 130.4 މިލިއަން ޕައުންޑްގައެވެ

މިލިސްޓްގެ 41 ކުޅުންތެރިންނަކީ އިންގްލިޝް ޕްރިމިއަރ ލީގަށް ނިސްބަތްވާ ކުޅުންތެރިންނެވެ.

https://www.football-observatory.com/IMG/sites/b5wp/2021/wp384/en/?fbclid=IwAR1LGz3LV74HDL8efZKkpMuX1FKSmOBY_Jsd1WfaSx_ztQG1eQm91Hm5et0
ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.