ނަފްސާނީ ބަލި ނުވަތަ ޑިޕްރެޝަންގެ ޝީކާރައަކަށް ވެފައިވާ ދިވެހީން އަންނަނީ ގިނަވަމުން

ހަބަރު

ޑިޕްރެޝަނާއި ހަނގުރާމަކުރަމުންދާ ދިވެހިން އަންނަނީ ވަރަށްބޮޑަށް އިތުރުވަމުން

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 8 ޖޫން 2022 , ބުދަ 08:46   255

ދިރިއުޅުމުގެ އާދަކާދަތަކާއި ވައްޓަފާޅިން މީހާގެ ސިކުނޑީގެ ދުޅަހެޔޮކަމަށް ބޮޑު އަސަރެއް ކުރާކަން ގިނަ ދިރާސާތަކުން ދައްކައެވެ. ދިވެހިންނަކީ ޑިޕްރެޝަން (ނަފްސާނީބަލި) ފަދަ ބަލިތަކަށް އާބައެކެވެ.

މަސައްކަތުގެ މާހައުލުގެ ހާސްކަމާއި، ގޭތެރޭގެ ނުތަނަވަސްކަމާއި، ނިދުމާއި ކެއުމުގެ ވަައްޓަފާޅި ހުންނަގޮތުން ހަމަޖެހުން ނުލިބި ދެއެވެ. އަދި އެކަން އެގޮތަށް ދިގުލައިގެން ގޮސްފިނަމަ ޕެނިކްއެޓޭކް އާއި ޑިޕްރެޝަންގެ (ނަފްސާނީ ބަލީގެ) ފުން ވަޅުގަނޑަކަށް ވެެއްޓިދެއެވެ. އެއީ އަރައިގަންނަން އުނދަނގޫ ހިސާބެކެވެ. އެހީތެރިކަމާއި އަޅާލުން ބޭނުންވާ ހިސާބެކެވެ.

ބައެއް ފަހަރަށް އެހެންމީހުންނާއި ވާހަކަ ދައްކައިގެން މިބައްޔަށް ފަރުވާ ހޯދެއެވެ. އަނެއްބައިފަހަރަށް ޑޮކްޓަރެއްގެ އިރުޝާދާއިއެކު ބޭސްކާން ޖެހިދާނެއެވެ.

ކޮންމެއަކަސް އާސަންދަ އިން މިދިޔަ ހަފްތާގައި ޢާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ކަންބޮޑުވާންޖެހޭ މިންވަރަށް ދިވެހިންގެ ތެރޭގައި ނަފްސާނީ ބައްޔަށް ފަރުވާ ހޯދާމީހުން ގިނައެވެ.

ވޭތުވެދިޔަ ދެ އަހަރުތެރޭ 81000 އަށް ވުރެ ގިނަ މީހުން މިބައްޔަށް ފަރުވާ ހޯދާފައިވެއެެވެ.

ނަފްސާނީ ބައްޔަކީ ފަރުވާ ނުދެވި ގިނަ ދުވަސް ވެއްޖެނަމަ އޭގެސަބަބުން ދާއިމީ އެހެން ބަލިތަކަށް މަގުފަހިކުރުވާކަމެއް ވެސް މެއެވެ.

ވަރަށް ގިނަމީހުން މިބައްޔަށް އެހާ ހޭލުންތެރިއެއް ނޫނެވެ. ގިނަ މީހުން އެފަދަ ބައްޔެއްވާކަން ގަބޫލުކުރާކަށް ވެސް ބޭނުމެއް ނޫނެވެ. އަޅުގަނޑުމެންނަށް ދިމާވި ޕެންޑެމިކްގެ ޙާލަތާއި އެކު، މިބަލި ތަހައްމަލުކުރަމުންދާ މީހުން ގެ އަދަދު، ހަގީގަތުގައި މިއަށްވުރެ މަތިވާނެކަމަށް ބެލެވެއެވެ.

ދައުލަތުން އާސަންދަ މެދުވެރިކޮށް މިފަދަ ފަރާތްތަކަށް އަންނަނީ މިހާރުވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮސްދެމުންނެވެ. މިގޮތުން ދަރުކާރުން އެއް އަހަރުތެރޭގައި 25 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެފަރާތްތަކަށް ޚަރަދުކޮށްފައިވެެއެވެ.

ދިވެހިން މިއަނދަވަޅުން ސަލާމަތްކުރުމަށްޓަކައި ދިރާސާތައް ހަދަންޖެހޭކަމަށް ސަރުކާރުގެ އެކި އިދާރާތަކުން މީގެކުރިންވެސް ބުނެފައިވެއެވެ. ނަމަވެސް މިހާތަނަށް އެފަދަ ދިރާސާތަކެއް ހެދިފައި ނުވެއެވެ. އެޅޭ ފިޔަވަޅުތައް ހަރުދަނާވާނީ އެފަދަ ދިރާސާތަކުގެ އަޅިގައިކަން ތަޖުރިބާކާރުންވެސް ފާހަގަކުރެއެވެ.

ޓެގްސް: ޑިޕްރެޝަން، ނަފްސާނި ބަލި ސިކުނޑީގެ ދުޅަހެޔޮކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.