ރައީސް ސޯލިހް، ދެވަނަ ދައުރަކަށް ކުރިމަތިލާން ތައްޔާރުކަމަށް ވިދާޅުވި.

ހަބަރު

ރައީސްގެ ޕްރެސް ކޮންފަރެންސް، އުސްއަލިތައް

އަލީ އަޒްޔަން - ކ. މާލެ | 8 ޖޫން 2022 , ބުދަ 17:05   326

މިއަދު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް މީޑިއާތަކަށް ދެއްވާ ޚާއްސަ ޕްރެސް ކޮންފަރެންސް.

ޕްރެސް ކޮންފަރެންސް ނިމުނީ 5:44 ގައި.

ފަހު ބަސް :

އިގްތިސާދަށް ޗެލެންޖް އެބަހުރި. ރިސްކުވެސް އެބަހުރި. އިތުރު ޕްރޮޖެކްޓެއް ނުފަށަން ޖެހިއްޖިއްޔާމު ނުފަށާނަން. އަދި އިގްތިސާދުކުރަމުން ގެންދާނަން.

ރޭޓިންގ އެޖެންސީތަކުން

ޔޫސެބްލް ރިސާވް ހާމަކުރުމާއި ނުކުރުން އެއީއެމްއޭގެ ސިޔާސަތުގެ ތެރެއިން ހާމަކުރާއެއްޗެއް. އަޅުގަނޑުގެ މައްސަލައެއް ނެތް ހާމަކުރަމަކުން. އެބޭފުޅުން ބޭނުންވެއްޖިއްޔާމު ހާމަކުރެވޭނެ. އަޅުގަނޑުމެން ކުރިއަށް މިގެންދަނީ އަޅުގަނޑުމެންނަށް ލަފާދޭ މާހިރުންގެ ލަފަޔާއިއެކު. ފެނާއި ނަރުދަމާ އަދި ބަނދަރުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދާނަން.

ޕީޖީ ޝަމީމު :

އަޅުގަނޑާއި ހަމައަށް ޝަމީމުގެ މައްސަލައެއް ނާދޭ.

މަރަށް މަރުގެ ސިޔާސަތު :

ވޭތުވެދިޔަ 50 އަހަރުތެރޭ ދަމަހައްޓާފަ އޮތްގޮތަށް ދަމަހައްޓާނަން.

އެމްޑީއެންގެ މައްސަލަ :

އެމްޑީއެން އަށް އަޅުގަނޑުމެން އޮންނާނީ ފިޔަވަޅު އަޅާފަ.

ސިޔާސީ މަގާމްތައް އިތުރުވުން :

600 ސިޔާސީ މަގާމްތަކުގެ އަދަދު. އޭގެ އިތުރަށް މުލިއާގެ އާއި ރައީސް އޮފީހުގެ ހުރިހާ މުވައްޒަފުންނަކީ ސިޔާސީ މުވައްޒަފުން. މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އެހެރީ ފެނާ ނަރުދަމާ އަޅާފަ. އެކަންކަން ކުރަން ސިޔާސީ މީހުން ބޭނުންވާނެ. މަގާމްތައް އިތުރުކުރާކަށް ގަސްތެއް ނުކުރަން.

2023 ގެ އިންތިޚާބު :

އެއްވެސް ޕާޓީއަކަށް 50 ޕަސެންޓް ލިބޭނެކަމުގެ ޔަގީންކަން އަޅުގަނޑަކަށް ނެތް. އަޅުގަނޑަށް ޔަގީންކަން އެބައޮތޭ އަޅުގަނޑަށް މިތިއްބެތި ބޭފުޅުންނާއި އެކު ކުރިއަށް ދާން. އަޅުގަނޑު މިހިރީ ތައްޔާރަށް.

ޖޭއެސްސީ އަށް ބަދަލުގެނައުން:

މިއަންނައަހަރު ކުރީކޮޅު ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލުގެންނަން ހުށަހަޅާނަން.

ވެރިކަމަށް އަންނަށް 30 ޕަސެންޓަށް ހެދުން :

30 ޕަސެންޓްއަކަށް އަޅުގަނޑު ތާޢީދެއް ނުކުރަން. ވެރިކަމަށް އަންނަންޖެހެނީ 50 ޕަސެންޓަށް ވުރެ ގިނައިން ވޯޓު ހޯދައިގެން.

ލޯނުތައް އިތުރުވުމާއި ގުޅޭ:

ލޯނުނަގަފައި ހުންނާނީ ތަރައްގީގެ މަސައްކަތަށް. ކޮންސެޝަނަލް ލޯނުތަކެއް. އެފައިސާ ދައްކަން ފައްޓަން ޖެހޭނީ ވެސް 5 އަހަރު ފަހުން

ޓޫރިޒަމް ބޯއިކޮޓްކުރުން:

ޓޫރިޒަމް ބޯއިކޮޓްކުރަން އަޅުގަނޑު އިސްވެފައި ނޯންނާނެ ކޮށްފަކާއެއް.

ތެލުގެ އަގު:

ކޮންމެވެސް ވަރަކަށް ބޮޑުވާނެ.

ރިޔާސީ އިންތިޚާބުގައި ކުރިމަތިލުން:

އެމްޑީޕީގެ އަސާސީ ގަވާއިދުގައި ޕްރައިމައިމަރީއެއް ބާއްވަން އޮތް ކަމަށްވަންޏާ އެ އޮންނަންވާނެ. އެންމެ މުހިއްމީ އެމްޑީޕީއަށް ވެރިކަން ލިބުން. މިހާރު ފެށިފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދަންޖެހޭ، އެއްޕާޓީއެކަނި މިއިންތިޚާބު ކާމިޔާބު ކުރެވޭނެ. އަޅުގަނޑު މިހިރީ ކޯލީޝަކައި އެކު މަސައްކަތްކުރަން ތައްޔާރަށް. ޕާޓީގެ ކޮންގްރެސްއިން ނިންމާނީ ކެންޑިޑޭޓަކަށް ވާން.

ވިނަރެސް ފްލެޓްތަކުގެ އަގު:

އަޅުގަނޑަކަށް ނޭނގޭ އަގުތައް. އަޅުގަނޑު ބަލާނަން.

ތިލަމާލެ ބްރިޖް:

އެއީ ކޮންމެހެން ކުރަންޖެހޭކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެއީ ޔަގީންކަމެއް. ރައްޔިތުންނަށް އެބްރިޖުން ގިނަ ފައިދާތަކެއް ވާނެ. ބްރިޖާއިއެކު ބަނދަރެއް ހަދާނެ. އެމްޕީއެލް އަށް ދުވާލާކު 1000 ޕިކަޕު ވަދޭ. މާލޭގައި ހުރި ގުދަންތަކަށް ހައްލު ބޭނުންވޭ. އެހެންކަމުން ތަކެތީގެ އަގަށް ހެޔޮ ބަދަލުގެނެވޭނެ މިބްޖރިޖާއި އެކު.

އެފްކޯންސް އަށް އިތުރަށް ފައިސާދިނުމުގެ ވިސްނުމެއް ނެތް. އެއީ ކޮންމެހެން ކުރަންޖެހޭކަމެއް ކަމަކަށް ވެސް ނުދެކެން.

ޚަރަދަށް ބަލާއިރު، ބޮޑެއް ނޫން. އަކަކިލޯމީޓަރަ 3800 މިޚަރަދުވަނީ، ހުޅުމާލެ ބްރިޖަށް 6300 ޚަރަދުކުރެވިފައިވޭ. އަގަށް ބަލާއިރު 65 ޕަސެންޓް އިތުރަށް ޚަރަދުކޮށްފައިވޭ.

ބްރިޖް ހިލޭއަޅާ ވާހަކަ. ކުރީގެ ބްރިޖް ކީއްވެތޯ ހިލޭ ނޭޅުނީ. ގައުމުތަކުން އެހީވާންވާނީ ދިވެހި ރައްޔިތުންނަށް. ވަކި މީހަކަށް ކަމެއް ގައުމަކުން ކޮށްދެންޏާ އެއީ ގޯހެއް.

މަސްވެރިކަން :

އޮގަސްޓް / ސެޕްޓެމްބަރުގައި އާ ދެބޯޓުހޯދުމުގެ މަސައްކަތް ފަށާނަން. މަސް ފަސޭހައިން ކިރޭގޮތް ހަދާނަން. ކޫއްޑޫގެ ކެޕޭސިޓީ 800 ޓަނަށް އިތުރު ކުރާނަން.

ބިދޭސީންގެ މައްސަލަ :

އެންމެ ކާމިޔާބުކަމާއިއެކު މިސަރުކާރުން ކުރި މަސައްކަތް. 14 ހާސް މީހުން އަމިއްލައަށް އެދިގެން ލީގަލައިޒް ވާން ހުށަހަޅާފައިވޭ. އޭގެ ތެރެއިން 13 ހާސް މީހުންނަށް އަލުން ހުއްދަ ދެވުނު. ކުރިއަށް އޮތްމަސް ތެރޭ އަނެއްކާވެސް އަލުން އެމަސައްކަތް ފެށޭނެ.

ދައުލަތުގެ މުވައްޒަފުންގެ މުސާރަ :

ގެންނަންޖެހޭ ބަދަލެއް އޮތްތޯ އެބަބަލަން

ޓެގްސް: ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.