"ފްރެގާޓާ ދަ-ފޭދޫ-ސްޕޯޓްސް ކަޕް 2022" ގެ ނަމުގައި ފެށޭ ފުޓްސަލް މުބާރާތް ހުކުރުދުވަހުގެ ރޭ ފޭދޫ ފުޓުބޯޅަ ސްޓޭޑިއަމްގައި އޮންނާނެއެވެ. މިމުބާރާތް އޮންނާނީ މިހިނގާ ޖޫން މަހުގެ 10 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 24 ވަނަ ދުވަހާއި ހަމައަށެވެ.
މުބާރާތް ފެށުމުގެ ކުރިން ބާއްވާ ގުރޫޕުތަކުގެ ގުރު ނެގުން އަންގާރަ ދުވަހުގެރޭ ގަމުގެ އީކުއޭޓަރ ވިލެޖްގައި ވަނީ ބާއްވާފައެވެ. ދެ ގުރޫޕަކަށް ބެހިގެން ކުޅޭ މިމުބާރާތުގައި ޖުމްލަ 11 ޓީމެއް ވާދަކުރާނެއެވެ.
މިމުބަރާތުގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ޓީމްތައް ބައިވެރިވާނެއެވެ.

މުބާރާތުގައި ބައިވެރިވާ ގްރޫޕް A ގައި ހިމެނޭ ޓީމްތައް:
- ޓީމް ފެނަކަ
- ސައުތު ޕާމް އެސްސީ
- ކްލަބް އެމްޓީސީސީ
- އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް (އޭއައިއޭ)
- މޯލްޑިވްސް ޕޮލިސް ސާވިސް
މުބާރާތުގައި ބައިވެރިވާ ގްރޫޕް B ގައި ހިމެނޭ ޓީމްތައް:
- ދަ އެސްޓީ. ރެގިސް މޯލްޑިވްސް ފުޓުބޯލް ޓީމް
- ކްލަބް އޭއީއެޗް
- މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
- ޔުނައިޓެޑް ބީއެމްއެލް
- އެމްއެންޑީއެފް
- އައްޑޫ ސިޓީ ކައުންސިލް

މުބާރާތުގެ ފުރަތަމަ ރޭ، ހުކުރުދުވަހުގެރޭ، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޓީމް ފެނަކަ އަދި ސައުތު ޕާމް އެސްސީއެވެ. މެޗު ފެށޭނީ 21:00 ގައެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ކްލަބް އެމްޓީސީސީ އާއި އައްޑޫ އިންޓަނޭޝަނަލް އެއަޕޯޓެވެ. މިމެޗު ފެށޭނީ 22:00 ގައެވެ.
މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ފްރެގާޓާ (އެސްޓިއޯ) އެވެ. ކޯ ސްޕޮންސަރަކީ ސައުތުޕާމް ރިސޯޓެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ އެކްސްޕްރެސް ނޫހެވެ.