މަެިކްރޯސްފްޓް ކުންފުނީގެ އިމާރާތެއް

ޓެކްނޯލޮޖީ

މައިކްރޯސްފްޓްގެ ވިޔަފާރި ރަޝިއާގައި ކުޑަކޮށްފި

ދާނިޝް - ޔޫރަޕް | 10 ޖޫން 2022 , ހުކުރު 18:41   316

ރަޝިއާގައި މައިކްރޯސޮފްޓްގެ ވިޔަފާރި ކުޑަކުރުމަށް އެ ކުންފުނިން ނިންމާފިއެވެ.

މި ނިންމުމާއި ގުޅިގެން 400 މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މި ނިންމުން ނިންމީ މިހާރު ރަޝިއާ އާއި ޔުކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމައާ ގުޅިގެނ ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

"އިގުތިސާދަށް އަންނަމުންދާ ބަދަލުތަކާއި އެކު އަހަރެމެންގެ ވިޔަފާރި އަށް އޭގެ ސަބަބުން ކުރަމުންދާ އަސަރުތަކާ ގުޅިގެން ރަޝިއާގައި ކުންފުނިން ކުރާ ވިޔަފަރީ ކުޑަކުރަން ނިންމައިފިން" މައިކްރޯސޮފްޓްގެ ތަރުޖަމާނު ޢާންމުކުރި ސްޓޭޓަމަންޓެއްގައި ބުނެފައިވެއެވެ.

މިގޮތައް ނިންމި ކަމުގައިވިޔަސް މިހާރު ރަޝިޔާގެ ކަސްޓަމަރުންނާއި އެކު ހަދައިފައިވާ އެއްބަސްވުންތަކާއި އެއްގޮތައް އަމަލުކުރަމުން ގެންދާނެކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މައިކްރޮސޮފްޓްގެ ސީއެފްއޯ އެމީ ހޫޑް ވިދާޅުވި ގޮތުގައި އެ ކުންފުންޏަށް މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީގެ ގޮތުގައި ލިބުނު ފާއިސާގައި ރަޝިއާގެ ހިއްސާ އޮތީ އެންމެ ޕަސެންޓަކަށެވެ.

މައިކްރޮސޮފްޓް އިން ވަނީ މިދިޔަ މާޗު މަހު ރަޝިއާގައި އެ ކުންފުނީގެ އާ ޕްރޮޑަކްޓުތައް ވިއްކުމާއި ސާވިސް ދިނުން ވެސް މެދުކަނޑާލައިފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.