އިޒްރޭލުގެ ބޮޑޮވަޒީރު ނަފްތާލީ ބެނެޓް

ދުނިޔެ

އިޒްރޭލާއި އީރާނާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް

ދާނިޝް - މެދުއިރުމަތި | 9 ޖޫން 2022 , ބުރާސްފަތި 18:05   348

އިޒްރޭލާއި އީރާނާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރަން ފަށައިފިއެވެ.

މިއީ ހުޅަނގުގެ ގައުމުތަކުން ޑިޕްލޮމެޓިކް ދާއިރާ އިން އީރާނުގެ ނިއުކްލިއާ މަޝްރޫއާ ގުޅިގެން އަމަލުކުރަމުންދާ ގޮތާމެދު އިޒްރޭލުން ފާޑުކިޔަން ފެށުމާއި ގުޅިގެންނެވެ.

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އީރާނާ އެކުގައި 2015 ވަނަ އަހަރު ސޮއިކުރި ނިއުކްލިއާ މުއާހަދާ އިން އެމެރިކާ ވަނީ 2018 ވަނަ އަހަރު، އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގެ ދުވަސްވަރު ވަކިވެފަ އެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، މިހާރުގެ ރައީސް ޖޯ ބައިޑެން ވަނީ، އެ މުއާހަދާގައި އެމެރިކާ އަލުން ބައިވެރިވުމަށް ނިންމައިފަ އެވެ.

އިޒްރޭލު ބޭނުންވަނީ، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އީރާނާ އެކު ހަދައިފައިވާ ނިއުކްލިއާ މުއާހަދާގައި ބައިވެރިނުވެ، އީރާނަށް އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން ދަތިކުރަމުން ގެންދިއުމަށެވެ. މި މުއާހަދާ އެކުލަވައިލެވުނީ 2015 ވަނަ އަހަރުގައެވެ. އަދި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި 2018 ވަނަ އަހަރު އެމެރިކާއިން މި މުއާހަދާއިން ވަކިވި ނަމަވެސް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ވެރިކަމާއި ހަވާލު ވުމަށްފަހު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވަނީ މި މުއާހަދާ އާއި އަލުން ގުޅިފައެވެ.

އިޒްރޭލުގެ ނުރުހުން މިކަމާމެދު އޮތް ކަން އެ ގައުމުން ދަނީ ފައުޅުކަން ބޮޑު ގޮތެއްގައި ހާމަ ކުރަމުންނެވެ. މިގޮތުން އެ ގައުމުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ އީރާންގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލައިގައި ގެންގުޅެމުންދަނީ ދުނިޔެ އަށް ގޮންޖެހުންހުރި ސިޔާސަތެއް ކަމުގައެވެ. އަދި އެފަދަ ސިޔާސަތެއް ގެންގުޅޭ ކަމުގައިވާ ނަމަ އީރާނުން އެކަމަށް ބޮޑު އަގެއް އަދާކުރަންޖެހޭނެ ކަމުގައެވެ. ހަމައެހެންމެ އީރާނާމެދު އެގައުމުން އަމަލު ކުރަމުންދާ އުސޫލު ވަރަށް ބޮޑަށް މަދަލުވެފައިވާކަން ފާހަގަކޮށް ވާހަކަ ދައްކަމުން އޭނާ ވިދާޅުވީ،

އީރާނުން ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަން ހާސިލުކުރިޔަ ނުދިނުމަށްޓަކައި އިޒްރޭލުން ކުރަންޖެހުނު ކޮންމެ މަސައްކަތެއްވެސް ކުރާނެ ކަމަށާއި، އެކަމުގައި އިޒްރޭލުން އަޅާ ފިޔަވަޅުތައް އެއްވެސް ގައުމަކަށް ނުހުއްޓުވޭނެ ކަމުގައެވެ.

މީގެ އިތުރުން އީރާން ސަލާމަތުން އޮތުމުގެ ދުވަސްތައް ނިމުމަކަށް އައިސްފައިވާ ކަމަށްވެސް އޭނާގެ ވާހަކައިގައި ވިދާޅުވިއެވެ. އީރާނުގެ އެއްގަމު ލަޝްކަރުގެ ވެރިޔާ ކިޔޫމަރްސް ހައިދަރީ ވަނީ މިވާހަކަ ތަކަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ އީރާނާ ބެހޭ ގޮތުން އިޒްރޭލުން ނުސީދާ ގޮތަކަށް އެންމެ ފިޔަވަޅެއް އެޅިކަމުގައި ވިޔަސް އިޒްރޭލުގެ ވެރިރަށަށް ހަމަލައިދީ އެރަށް ހަލާކު ކޮށްލާނެކަމުގައެވެ. އަދި އީރާނުގެ ލަޝްކަރުތަކަކީ އަސްކަރީ ގޮތުން ވަރުގަދަ ލަޝްކަރުތަކެއްކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ދެ ގައުމުން މިފަދަ ހަމަލާތަކެއް ބަދަލުކުރަމުން ދާއިރު އެމެރިކާ އާއި ހުޅަގުގެ ގައުމުތަކުން ވަނީ އިރާންގެ ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން އުފެދޭ ސުވާލުތަކަކާ ގުޅޭ ގަރާރެއް، ބައިނަލްއަގުވާމީ އެޓޮމިކް ހަކަތައާ ބެހޭ އޭޖެންސީ (އައިއޭއީއޭ)ގެ ގަވަރުނަރުންގެ ބޯޑަށް ހުށަހަޅައިފަ އެވެ.

ޓެގްސް: މެދުއިރުމަތި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.