ބާސެލޯނާއާއި ރެއަލްމެޑްރިޑް ބައްދަލުކުރި މެޗެއްގެތެރެއިން

ކުޅިވަރު

ބާސާ އިން ރިއާލް އާއިއެކު ފްރެންޑްލީ މެޗެއް ވޭގަސްގައި ކުޅެނީ

އަލީ އަޒްޔަން - ދުނިޔެ | 11 ޖޫން 2022 , ހޮނިހިރު 09:20   365

ސްޕެނިޝް ލަލީގާ ފެށުމުގެ ކުރިން (ޕްރޯ-ސީޒަން ކްލެސިކޯ ގައި) ބާސެލޯނާ (ބާސާ) އިން ރެއަލް މެޑްރިޑާއިއެކު އެމެރިކާގެ ލަސްވޭގަސް ގައި އެކުވެރިކަމުގެ ފުޓުބޯޅަމެޗެއް ކުޅުމަށް ތާވަލުކޮށްފި ކަމަށް އެކުލަބުތަކުން ވަނީ ހުކުރުދުވަހު އިޢްލާނުކޮށްފައެވެ.

މެ މެޗުކުޅުމަށް ތާވަލުކޮށްފައިވަނީ ޖުލައިމަހުގެ 23 ވަނަ ދުވަހު، ލާސްވޭގަސް ސިޓީގެ އެލެޖޭންޓް ސްޓޭޑިއަމްގައެވެ. އެއީ 65،000 މީހުންނަށް ވަދެވޭ ސްޓޭޑިއަމްއެކެވެ.

މިއީ މިދެޓީމް އެމެރިކާގައި ކުޅޭ މިފަދަ ދެވަނަ މެޗެވެ.

އެމެރިކާގެ މައާމީ ގައި 2017 ވަނަ އަހަރު މެދެޓީމް ބައްދަލުކުރި ހައިލައިޓްސް

މީގެކުރިން 2017 ވަނަ އަހަރު، މައާމީ ގެ ހާޑްރޮކް ސްޓޭޑިއަމްގައި މިދެޓީމް ވަނީ އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އެމެޗް ބަލަން 64،000 މީހުން ވަންއިރު، ޓިކެޓު ގަންނަން ބޭނުންވި އެތައްހާސް ބަޔަކަށް ޓިކެޓެއް ނުލިބުނެވެ.

އެމެޗު ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއަކުން ބާސާ އިންނެވެ.

ބާސާ އަށް ވުރެ 13 ޕޮއިންޓް ކުރީގައިއޮވެ، ރެއާލް އިން ވަނީ ފަސޭހަކަމާއި އެކު މިދިޔަ ސްޕެނިޝް ސީޒަން ކާމިޔާބުކޮށްފައެވެ.

ޓެގްސް: ރެއަލް މެޑްރިޑް ލަލީގާ ބާސެލޯނާ ރެއަލް މެޑްރިޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.