ސްޕޮޓިފައިގެ ސީއީއޯ ޑެނައަލް އެކް

ޓެކްނޯލޮޖީ

ސްޕޮޓިފައިއަށް އޯޑިއޯބުކްސް ތައާރަފް ކުރަނީ؟

ދާނިޝް - ޔޫރަޕް | 11 ޖޫން 2022 , ހޮނިހިރު 12:18   484

ޢާންމުންގެ މެދުގައި މަގުބޫލު މިއުޒިކް ސްޓްރީމިން އެޕް ސްޕޮޓިފައި އިން އޯޑިއޯބުކްސް އަޑުއެހޭގޮތް ހަދަން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެފިއެވެ.

ސްޕޮޓިފައި އިން މައުލޫމާތު ދޭ ގޮތުގައި އޯޑިއޯބުކްސްގެ އިންޑަސްޓްރީގައި އެ ކުންފުނީގެ ބާރުގަދަކޮށްލުމަކީ އެކުންފުނީގެ ވަރަށް ބޮޑު އަމާޒެއް ކަމުގައެވެ. އަދި އެ އަމާޒަށް ވާސިލުވެއްޖެނަމަ އެ ކުންފުންޏަށާއި ޕަބްލިޝިން އިންޑަސްޓްރީއަށް ކުރިއެރުންތަކެއް ލިބި ބޮޑެތި މަންފާތަކެއްވެސް ލިބިގެންދާނެ ކަމުގައެވެ.

ސްޕޮޓިފައިން ވަނީ މިދިޔަ ހަފްތާ ތެރޭގައި މި ހިޔާލު އެކުންފުނީގެ އިންވެސްޓަރުންނާއި ހިއްސާދާރުންނަށް ހުށަހަޅައިފައެވެ.

ސްޕޮޓިފައިގެ ސީއީއޯ ޑެނައަލް އެކް މީޑިއާ ތަކަށް މައުލޫމާތު ދެމުން އޭނާ ވަނީ އޯޑިއޯ ބުކްސް އަކީ އެކުންފުނީގެ ކުރިއެރުމަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންނާނެ ދޮރެއް ކަމުގައި ސިފަކޮށްފައެވެ.

އޯޑިއޯ ބުކްސްގެ ވިޔަފާރި ފަށަން ސްޕޮޓިފައިން މިދިޔަ އަހަރު ވަނީ "ފައިންޑައަވޭ" ގަތުމުގެ ޝައުގުވެރިކަން ފައުޅުކޮށްފައެވެ. ފައިންޑައަވޭ އަކީ ލިޔުންތެރިން އޯޑިއޯބުކްސް ހަދައި، ޑިސްޓްރިބިއުޓްކޮށް ހަދައި އޯޑިއޯބުސްކްގެ ވަރަށް މަޝްހޫރު ބޮޑު ޕްލެޓްފޯމެކެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.