ޖޯނީ ޑެޕް އަދި ޖެފް ބެކް

މުނިފޫހިފިލުވުން

ޖޯނީ ޑެޕް އާއި ޖެފް ބެކްއާގެ މިއުޒިކް އަލްބްމެއް ހެދުމުގެ މަސައްކަތް ފަށައިފި

ދާނިޝް - އެމެރިކާ | 11 ޖޫން 2022 , ހޮނިހިރު 11:49   194

ޢާންމުންގެ ލޯބި ހޯދައިފައިވާ މަޝްހޫރު އެކްޓަރު ޖޮނީ ޑެޕް އާއި މިއުޒިކީ ދާއިރާގައި އެފަދަ ދެވަނައެއް ނެތް ލެޖެންޑަރީ ގިޓަރިސްޓް ޖެފް ބެކް މިއުޒިކް އަލްބަމެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ޑެޕްގެ ކުރީގެ އަންހެނުން އެމްބާ ހާޑާ ދެކޮޅަށް އަބުރުކަތިލިކަމަށް ބުނެ ކުރި ދައުވާ ކާމިޔާބުކުރުމަށް ފަހު، ތަފާތު ގިނަ ޕްރޮޖެކްޓުތައް ފަށާނެ ކަމަށް ޑެޕް ވަނީ ހާމަކޮށްފައެވެ. އެގޮތުން ދާދި ފަހުން އޭނާ ވަނީ ޓިކްޓޮކް އެކްއުންޓެއްވެސް ހުޅުފައިފައެވެ. އަދި އެ އެކައުންޓް ހުޅުވައި އޭނާގެ ފުރަތަމަ ވީޑިއޯ ނެރުތަނާ 24 ގަޑިއިރު ނުވަނީސް ޑެޕަށް ވަނީ 10 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ލިބި ޓިކްޓޮކްގައިވެސް ޢާންމުންގެ މަގުބޫލުކަން ހޯދައިފައެވެ.

ޑެޕް ސޯޝަލް މީޑިއާގައި އިއުލާންކޮށްފައިވާ ގޮތުގައި އޭނާ އާއި ބެކް ގުޅިގެން މިއުޒިކް އަލްބަމެއް ނެރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އަދި އެ އަލްބަމަކީ 13 ލަވަ ހިމެނޭ "18" ގެ ނަން ދީފައިވާ އަލްބަމެއް ކަންވެސް ޑެޕްވަނީ ހާމަކޮށްފައެވެ.

އައު އަލްބަމުގައި "ދަ ވެލްވެޓް އަންޑާގްރައުންޑް" ގެ "ވީނަސް އިން ފާރސް" އަދި އެވާރލީ ބްރަދާސްގެ " ލެޓް އިން ބީ މީ"، މާރވިން ގަޔޭސްގެ "ވަޓްސް ގޮއިން އޮން" ގެ އިތުރުން ޑޭވީ ސްޕައިލޭންސްގެ "މިޑްނައިޓް ވޯލްކާ"، ބީޗް ބޯއިސްގެ "ޕެޓް ސައުންޑްސް-ކެރޮލައިން، ނޯ" އަދި ޑޯންޓް ޓޯލްކް(ޕުޓް ޔުއާ ހެޑް އިން މައި ޝޮލްޑާ" އެވެ.

ޑެޕްއާއި ބެކްވަނީ މީގެ ކުރިންވެސް އެކީގައި ލަވަ ކިޔައިފައެވެ. ހަމައެހެންމެ ޖެފް އާއި ޑެޕްގެ ސިންގަލްސް އޮރިޖިނަލް " ދިސް އިޒް އަ ސޯންގް ފޯ މިސް ހެޑީ ލަމާރ" ވަނީ މިހާރު ކުރިއަށްދަމުންދާ ޖެފްގެ ޔޫރަޕިއަން ޓުއާގައި މިދިޔަ ބުރާސްފަތި ދުވަހު އަޑުއިވިގެން ގޮސްފައެވެ.

މި އައު އަލްބަމުގައި ހިމެނިގެންދާނީ ކަވާ ލަވަތައްކަމާއި ލަވަ ކިޔާނީ އޭނާ ކަމަށްވެސް ޖޯނީ ޑެޕް ވަނީ ހާމަކޮށްފައެވެ.

މި އަލްބަމް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 18 ގައެވެ.

ޓެގްސް: ހޮޅިވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.