އެލެގްެޒެންޑާ ލަކަޒެޓް

ކުޅިވަރު

އެލެގްޒެންޑާ ލަކަޒެޓް އަނެއްކާވެސް ލިއޯނަށް

ދާނިޝް - އޮސްޓުރޭލިއާ | 11 ޖޫން 2022 , ހޮނިހިރު 23:16   286

އާސެނަލަށް ކުޅެމުން އައި މަޝްހޫރު ފޯވާޑް އެލެގްޒެންޑާ ލަކަޒެޓް ފްރާންސްގެ އޮލިމްޕިކް، ލިއޯންނަށް އަލުން ބަދަލުވެއްޖެއެވެ.

ލިއޯނަށް އަލުން ލަކަޒެޓް ބަދަލުމިވީ 5 އަހަރުގެ މެދުކެނޑުމަކަށް ފަހުގައެވެ. އަދި މިފަހަރު ލިއޯނާ ކުޅުންތެރިޔާ ގުޅުނީ 3 އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންކަމަށް މީޑިއާ ތަކުން ރިޕޯޓުކުރެއެވެ.

ލަކަޒެޓް ބުނެފައިވަނީ ލއޯނަށް އެނބުރި އައުމަކީ މާކުރިންވެސް އޭނާ ނިންމާފައިވާ ކަމެއް ކަމުގައެވެ. އަދި އޭނާއަށް މިހާރު ލިބިފައިވާ ތަޖުރިބާގެ ބޭނުންކޮށް ލިއޯންއަށް އެހީތެރިވެދޭނުމަކީ އޭނާގެ މަގްސަދެއްކަމަށް އޭނާ ބުންޏެވެ. މި ޓްރާންސްފާ އާއި ގުޅިގެން ލިއޯނުން ހާމަކުރިގޮތުގައި ލަކަޒެޓް އަނބުރާ އެ ކްލަބާއި ގުޅުމަކީ ލިބިނު ވަރަށް ބޮޑު ފަހުރަކާއި އަފަލެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.

ލަކަޒެޓް ވަނީ އާސެނަލްއަށް 158 މެޗް ކުޅެދީ 54 ލަނޑު ޖަހާދީފައެވެ. އަދި އެޓީމަށް 2020 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބު ކުރުމުގައިވެސް މުހިންމު ރޯލެއް އޭނާ އަދާކުރިއެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.