އ.ދ އާންމު މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން

ދުނިޔެ

އ.ދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރު ކަމަށް 5 ޤައުމެއް ހޮވައިފި

ދާނިޝް - ދުނިޔެ | 11 ޖޫން 2022 , ހޮނިހިރު 23:16   323

އ.ދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރު ކަމަށް 5 ޤައުމެއް ހޮވައިފިއެވެ.

އ.ދގެ ސަލާމަތީ މަޖިލލީހުގައި އެކުލެވިގެންވަނީ 15 މެމްބަރު ގައުމެވެ. އޭގެ ތެރޭގައި ހިމެނެނީ ދާއިމީ މެމްބަރު 5 ގައުމާއި، ދާއިމީ ނޫން 10 ގައުމެވެ.

ސަލާމަތީ މަޖިލީހަށް މެންބަރުން ހޮވައިފައި މިވަނީ ދައުރު ހަމަވެ މިއަހަރު ނިމޭއިރު ސަލާމަތީ މަޖިލީހުން ވަކިވާ ގައުމުތައް ތިބުމުންނެވެ. އެ ގައުމުތަކަކީ އިންޑިއާ، އަޔަރލޭންޑް، ކެންޔާ، މެކްސިކޯ އަދި ނޯރވޭއެވެ.

ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރު ކަމަށް މިފަހަރު 5 ގައުމު އިންތިޚާބު ކޮށްފައިވަނީ 3 ރީޖަނަލް ގްރޫޕަކުންނެވެ. އެއީ، އެފްރިކާ އެންޑް އޭޝިޔާ ޕެސިފިކުން 2 ގޮނޑި، ލެޓިން އެމެރިކާ އަދި ކެރީބިއަން ސަރަހައްދުން އެއްގޮނޑި، ވެސްޓަރން ޔޫރަޕާއި އެހެން ސްޓޭޓްތަކުން 2 ގޮނޑިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުނު އިންތިހާބުގެ ވޯޓުލުން ކުރިއަށް ދިޔައީ އ.ދގެ އާންމު މަޖިލީހުގައެވެ. އަދި ނެގުނު ވޯޓުގެ ނަތީޖާ ކޮންމެ ގައުމަކަށް ވަކިވަކިން ވަނީ އިއުލާނު ކޮށްފައެވެ. ސަލާމަތީ މަޖިލީހަށް އަލަށް އިންތިޚާބު ވެގެންދިޔަ ގައުމުތަކަކީ އިކުއެޑޯރ، ޖަޕާން، މޮލްޓާ، މޮޒަމްބީކްގެ އިތުރުން ސްވިޓްޒަރލޭންޑެވެ. މި ގައުމުތައް ސަލާމަތީ މަޖިލީހަށް ހޮވިގެންދިޔައީ މަދުވެގެން 128 ވޯޓު ކޮންމެ ގައުމަކަށް ލިބިގެންނެވެ.

ލެޓިން އެމެރިކާ އަދި ކެރީބިއަން ސަރަހައްދުގެ ގޮނޑިއަށް ވާދަކުރި އިކުއެޑޯރއަށް 190 ވޯޓު ލިބުނުއިރު، ވެސްޓަރން ޔޫރަޕާއި އެހެން ސްޓޭޓްތަކުގެ 2 ގޮނޑިއަށް ވާދަކުރި ސްވިޓްޒަރލޭންޑަށް 187 ވޯޓު ލިބިފައިވެއެވެ. އަދި މޯލްޓާއަށް ލިބުނީ 185 ވޯޓެވެ.

އެފްރިކާ އެންޑް އޭޝިޔާ ޕެސިފިކް 2 ގޮނޑީގެ ތެރެއިން މޮޒަމްބީކަށް 192 ވޯޓު ލިބުނުއިރު، ޖަޕާނަށް ލިބުނީ 184 ވޯޓެވެ. މޮންގޯލިއާއަށް ލިބުނީ 3 ވޯޓެވެ.

އުސޫލީ ގޮތުން އ.ދ ގެ ސަލާމަތީ މިޖިލީހުގެ ދާއިމީ ނޫން މެންބަރަކަށް އިތުރު ގައުމަކުން ވާދަ ނުކުރިޔަސް އެއްވެސް ގައުމެއް ހޮވޭނީ އ.ދ ގެ އާންމު މަޖިލީހުގައި ހިމެނޭ 193 މެންބަރު ގައުމުތަކުގެ ތެރެއިން ތިންބައިކުޅަ ދެބައި ގައުމުގެ ވޯޓު ލިބިގެންނެވެ.

މި ގައުމުތަކުން ސަލާމަތީ މަޖިލީހުގެ ދައުރު ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2 އަހަރު ދުވަހުގެ ނިޔަލަށެވެ.

އ.ދ ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރުންގެ އަލަށް ހޮވުނު ގައުމުތައް ވިޔަވައި ބާކީ 5 ގޮނޑި ތަމްސީލު ކުރަމުންދަނީ އަލްބޭނިއާ، ބްރެޒިލް، ގެބޯން، ގާނާ އަދި ޔޫއޭއީ އެވެ. އަދި ވީޓޯގެ ބާރު ލިބިގެންވާ ދާއިމީ މެމްބަރު ގައުމުތަކަކީ ޗައިނާ، ފްރާންސް، ރަޝިޔާ، އިނގިރޭސިވިލާތް އަދި އެމެރިކާއެވެ.

ޓެގްސް: އ.ދ.
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.