ރާއްޖެއާއި އުޒްބެކިސްތާނު ބައްދަލު ކުރި މެޗުގެ ތެރެއިން

ކުޅިވަރު

ދެވަނަ މެޗުންވެސް ބަލިވެ މުބާރާތުން ރާއްޖެ ކަޓައިފި

ދާނިޝް - އޭޝިއާ | 12 ޖޫން 2022 , އާދީއްތަ 12:08   255

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގެ ފައިނަލް ބުރުގެ ގްރޫޕް ސްޓޭޖުގެ ގްރޫޕް ސީގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި އުޒްބެކިސްތާން އަތުން ބަލިވެ އަންނަ އަހަރުގެ މުބާރާތުން ރާއްޖެއަށް އޮތް ފުރުސަތު ގެއްލިއްޖެއެވެ. އުޒްބެކިސްތާނުގެ ދަނޑުގައި ކުޅެވުނު މި މެޗުން ރާއްޖެ ބަލިވީ 4-0 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ. މެޗު ފެށިގެން 2 މިނިޓުގެ ތެރޭގައި އުޒްބެކިސްތާނުން ވަނީ ލަނޑެއްޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން އެލްޑޯ ޝޮމުޑޯރޯފެވެ.

ފުރަތަމަ ހާފުގައި މި ލަނޑަށް ފަހުވެސް އުޒްބެކިސްތާނުން ދިޔައީ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކުރުމާއެކު ރާއްޖޭގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަމަވެސް ފުރަތަމަ ހާފުގައި އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަވަނަ މިނެޓުގައި ޓީމުގެ ކެޕްޓަން ޝޮމުޑޯރޯފް އުޒްބެކިސްތާނުގެ ދެވަނަ ލަނޑު ޖަހައި އެ ޓީމަށް މެޗުގެ ލީޑު ފުޅައު ކޮށްދީފައެވެ. އަދި މެޗުގެ 80 ވަނަ މިނިޓުގައި މެޗުގެ 3 ވަނަ ލަނޑު ޖަހައި ހެޓްރިކް ހެދީވެސް ޝޮމުޑޯރޯފްއެވެ. މި މެޗުގައި އުޒްބެކިސްތާނުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 86ވަނަ މިނިޓުގައި އުރުނޯފް އޮސްޓޯނެވެ.

މިމެޗު ބެލުމަށް

މެޗަށްފަހު ޕޮއިންޓް ޓޭބަލް

މި މެޗުން ބަލިވުމާއި ގުޅިގެން ރާއްޖެއަށް މިވަނީ އަންނަ އަހަރުގެ އޭޝިއަން ކަޕުން ފުރުސަތު ޖެއްލިފައެވެ. އޭޝިއަން ކަޕަށް ކޮލިފައިވަނީ ކޮންމެ ގްރޫޕެއްގެ އެއްވަނަ ޓީމުގެ އިތުރުން ކޮލިފައިން 6 ގްރޫޕުގެ ދެވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ 5 ޓީމަށެވެ. ރާއްޖެ ހިމެނޭ ގްރޫޕްގެ އެއް ވަނަ ދެވަނަ ޓީމުގެ މަގާމު އުޒްބެކިސްތާނާއި ތައިލެންޑުން މިވަނީ ކަށަވަރު ކޮށްފައެވެ.

ކޮލިފައިންގެ ފަހު މެޗުގައިރާއްޖެ ބައްދަލުކުރާނީ ސްރީ ލަންކާއާއެވެ. ލަންކާވެސް އޮތީ ރާއްޖެއާއެކު ގްރޫޕް ސީގެ ތާވަލުގެ އެންމެ ފުލުގައެވެ. ލަންކާ އާއި ރާއްޖެ މެޗު ކުޅޭނީ 15 ޖޫންގައެވެ.

ޓެގްސް: ފުޓުބޯޅަ ދިވެހި ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.