ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށްހުށަހެޅުނު ރޭޕްކުރިކަމުގެ ދައުވާ އެމެރިކާގެ ނެވާޑާ ޑިސްޓްރިކްޓު ކޯޓުން ބޭރުކޮށްލައިފިއެވެ.
މި މައްސަލަ ހުށަހަޅައިފައި ވަނީ ކެތުރީން މަޔޯގާ ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާ ރޮނާލްޑޯ އާއި ދެކޮޅަށް މައްސަލަ ހުށަހެޅީ 2009 ވަނަ އަހަރު އެމެރިކާގެ ނެވާޑާގެ ލަސް ވޭގަސްގެ ހޮޓަލެއްގެ ތެރޭގައި ރޮނާލްޑޯ އޭނާ ރޭޕުކުރި ކަމަށް ބުނެއެވެ. އަދި އެކަން ފޮރުވަން 375،000 އެމެރިކާ ޑޮލަރު އޭނާއަށް ދިން ކަމަށް ވެސް އޭނާ ބުނެއެވެ.
މި މައްސަލަ ކޯޓަށް ކެތުރީ ހުށަހަޅާއިފައި ވަނީ 2018 ވަނަ އަހަރުގައެވެ. އަދި މައްސަލަ ބެލުމަށްފަހު ގާޒީވަނީ އެ މައްސަލައިގައި ރޮނާލްޑޯގެ މައްޗަށް ކުރި ދައުވާ ސާބިތުވާ ވަރަށް ހެކި ހުށަހެޅިފައި ނެތް ކަމަށް ބުނެފައެވެ. އަދި
މި މައްސަލާގައި އޭނާ އެދިފައިވަނީ، އެ ހާދިސާގެ ސަބަބުން އޭނާއަށް ލިބުނު ނަފްސާނީ އަދި ގިސްމާނީ ގެއްލުމުގެ ބަދަލެއްގެ ގޮތުން 25 މިލިއަން އެމެރިކާ ޑޮލަރު ރޮނާލްޑޯ އޭނާއަށް ދިނުމަށެވެ.
ދެހާސް އަށާރަ ވަނަ އަހަރު ކޯޓަށް ހުށަހެޅި އެ މައްސަލަ ބެއްލެވި ގާޒީ ވަނީ ރޮނާލްޑޯ އެ އަންހެން މީހާ ރޭޕްކުރިކަމަށް ސާބިތުވާވަރަށް ހެކި ލިބިފައިނުވާކަމަށް ބުނެފައެވެ. އަދި މައްސަލަ ހުށަހެޅުމުގައި ބޭނުންކޮށްފައިވާ ލުޔުންތަކަކީ ވަގު ލިޔުންތަކެއް ކަމަށާއި މައްސަލައިގެ ސަބަބުން ރޮނާލްޑީގެ ނަން ކިނލަބުވެފައިވާ ކަމަށް ވެސް ގާޒީ ނިންމިއެވެ.
މި މައްސަލަ ނެވާޑާ ކޯޓުން ބޭރުކޮށްލީ އެހެން އެއްވެސް ކޯޓަކަށް ދެން އެމައްސަލަ ހުށަނޭޅޭނެކަން އެންގުމަށް ފަހުގައެވެ.
އެ މައްސަލައިގެ ސަބަބުން ރޮނާލްޑޯގެ ނަން ކިލަނބުވެފައިވާ ކަމަށާއި އެ މައްސަލައިގައި ބޭނުންކޮށްފައިވާ ލިޔުންތަކަކީ ވަގަށް ނަގައިފައިވާ ލިޔުންތަކެއްކަމަށް ގާޒީ ވަނީ ކަނޑައަޅުއްވާފައެވެ.
އެމެރިކާގެ ނެވާޑާ ޑިސްޓްރިކްޓު ކޯޓުން މައްސަލަ ބެލުމަށްފަހު މައްސަލަ ބޭރުކޮށްލީ އެހެން އެއްވެސް ކޯޓަކަށް އެ މައްސަލަ ހުށަނޭޅޭނެކަމަށް އެންގުމަށްފަހުގައެވެ.
. މި މައްސަލައިގައި ރޮނާލްޑޯ ބުނެފައިވަނީ ކެތަރިން މަޔޯގާއާއެކު ގުޅުން ހިންގީ ދެމީހުން ރުހިގެންނެވެ.
.