އެފްއޭއެމް އައްޑޫ އިންޓަރސްކޫލް U16 ޓޯނަމެންޓް 2022ގެ ޗެމްޕިއަންކަން ހިތަދޫސްކޫލުން ހޯދައިފިއެވެ.
ހިތަދޫ ސްކޫލުން މިމުބާރާތުގެ ޗެމްޕިއަންކަން މިހޯދީ މިއަދު ހަވީރު އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ސ. އަތޮޅު މަދުރަސާއާއި ދެކޮޅަށްކުޅެ 2-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.


މެޗުގެ ފުރަތަމަ ހާފް ނިމުނު އިރު ދެޓީމްވަނީ އެއްވަރުވެފައެވެ. ނަމަވެސް ހިތަދޫ ސްކޫލުން ދެވަނަ ހާފްގައި އިތުރު ގޯލެއްޖަހައި ކުރިހޯދިއެވެ.
މިލިޔުމާއި ގުޅޭ :
އެފްއޭއެމް އައްޑޫ އިންޓަރސްކޫލް U16 ޓޯނަމެންޓް 2022ގެ ފައިނަލަށް ހިތަދޫ ސްކޫލް އަދި އަތޮޅު މަދުރަސާ
އެފްއޭއެމް އައްޑޫ އިންޓަރސްކޫލް U16 ޓޯނަމެންޓް، ގްރޫޕްމެޗުތަކުގެ ނަތީޖާ
އެފްއޭއެމް 16 އަހަރުންދަށުގެ އައްޑޫ ފުޓުބޯޅަ މުބާރާތް، މިއަދު ހަވީރު ފެށޭނެ