ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބަރގް

ދުނިޔެ

ތުރުކިޔޭގެ ކަންބޮޑުވުނަތަކާމެދު ނޭޓޯއިން ދެކޭގޮތް ހާމަކޮށްފި

ދާނިޝް - ޔޫރަޕް | 13 ޖޫން 2022 , ހޯމަ 21:57   232

ތުރުކީވިލާތުން އެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާމެދު ފައްޅުކުރަމުންދާ ކަންބޮޑުވުންތައް ބަލައިގަންނަ ކަމުގައި ބުނެ، މި ކަމުގައި ނޭޓޯއިން ދެކޭގޮތް ހާމަކޮށްފިއެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބަރގް ވިދާޅުވީ ތުރުކީވިލާތުގެ ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށާއި ތުރުކީވިލާތަކީ ނޭޓޯގެ ވަރަށް މިހިންމު، ޓެރަރިޒަމާއި ނުރައްކާތެރި ހަތިޔާރު އެކްޕޯޓް ކުރުން ހުއްޓުވުމަށް މަސައްކަތް ކުރަމުން އަންނަ ގައުމެއްކަން ފާހަގަކުރެއްވިއެވެ.

ތުރުކީވިލާތުން އެ ޤައުމުގެ ރައްކާތެރިކަމާމެދު ކަންބޮޑުވުން ފައުޅުކުރަމުނެ މިދަނީ ސްވިޑްން އާއި ފިންލެންޑް ނޭޓޯއާ ގުޅުމަށް މަސައްކަތް ފެށުމުންނެވެ. އެއީ ފިންލޭންޑާއި ސްވިޑްންއިން އެ ދެ ގައުމުގައި ފިލައިގެން އުޅޭ ކުރުދީ ހަނގުރާމަވެރި ޖަމަޢާއަތް ތަކަށް އެ ދެ ގައުމުން ވާގިވެރިވާ ކަމަށް ތުރުކީވިލާތުން ކުރާ ތުހުމަތު ތަކާއި ގުޅިގެންނެވެ. ފިންލެންޑްއާއި ސްވިޑްނަށް ނޭޓޯގެ މެންބަރަކަށް ވުމަށް ހުއްދަ ދިނުމާއި މެދު މަޝްވަރާތައް އަދިވެސް ކުރިއަށް ދަމުން ދާއިރު، ނޭޓޯއާ ގުޅުމަކީ ދެ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިގެންދާނޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެ ދެ ގައުމުންވެސް ދެކެއެވެ.

ޓެގްސް: ނޭޓޯ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.