ޝަރަފުއްދީން ސްކޫލްގެ އިނާމްދިނުމުގެ ޖަލްސާގައި އިނާމްލިބުނު ބައެއްދަރިވަރުން ފޮޓޯއަކަށް ހުއްޓިގެން (ފޮޓޯ : ފަރާޝް/ޒާއިން)

ހަބަރު

ޝަރަފުއްދީން ސްކޫލްގެ އިނާމްދިނުން، 4 ދަރިވަރަކަށް މުޅި ރާއްޖެއިން އެއްވަނަ ދަރަޖަ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 13 ޖޫން 2022 , ހޯމަ 23:56   2652

ޝަރަފުއްދީން ސްކޫލްގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ، އާދީއްތަ ދުވަހުގެރޭ އެސްކޫލުން ބާއްވައިފިއެވެ.

މިޖަލްސާގެ ޝަރަފްވެރި މެހެމާނަކީ އެންވަޔަރމެންޓް މިނިސްޓަރ އާމިނަތު ޝައުނާއެވެ. އެކަމަނާގެ އިތުރުން، އައްޑޫ ސިޓީ މޭޔަރ އާއި ކައުންސިލްގެ މެމްބަރުންގެ އިތުރުން ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މުޅިރާއްޖެއިން ހިސާބުން އެންމެ މަތީ ވަނަ، އަދި ހުރިހާގޮތަކުން ދެވަނައަށް އެންމެ މޮޅު ދަރިވަރު، އަހުމަދު އިސްމާއިލް އާސިމްއަށް، އެންވަޔަރމެންޓް މިނިސްޓަރ ހަދާނީލިޔުން އަރުވަނީ (ފޮޓޯ : ފަރާޝް/ޒާއިން)
މުޅިރާއްޖެއިން އިކޮނޮމިކްސް އިން އެންމެ މަތީ ވަނަ، އަދި ހުރިހާގޮތަކުން ތިންވަނައަށް އެންމެ މޮޅު ދަރިވަރު، ބަލްގިޝް ބިންތި މުސްތަންސިރު އަށް، އެންވަޔަރމެންޓް މިނިސްޓަރ ހަދާނީލިޔުން އަރުވަނީ (ފޮޓޯ : ފަރާޝް/ޒާއިން)
ހުރިހާގޮތަކުން އެއްވަނައަށް އެންމެ މޮޅު ދަރިވަރު، ރާޔާ އަހުމަދު ސައީދު އާއިއެކު އެންވަޔަރމެންޓް މިނިސްޓަރ އަދި ސްކޫލް ޕްރިންސިޕަލް ހުސެން މުސައްވިރު ފޮޓޯއަކަށް ހުއްޓިގެން (ފޮޓޯ : ފަރާޝް/ޒާއިން)
ޖަލްސާގެ ބައެއް ޝަރަފްވެރިން ދަރިވަރުންނަށް އިނާމް ދިނުމުގެ ތެރެއިން (ފޮޓޯ : ފަރާޝް/ޒާއިން)
މުޅި ސްކޫލުން 1 ވަނަ، 2 ވަނަ، 3 ވަނަ ދަރިވަރުން މިނިސްޓަރ ޝައުނާ އާއި ސްކޫލްގެ ޕްރިންސިޕަލާއި އެކު

ފާއިތުވެދިޔަ އަހަރުވެސް ޝަރަފުއްދީން ސްކޫލުން ވަނީ ގިނަ ކާމިޔާބީތަކެއް ޙާޞިލްކޮށްފައެވެ. މިގޮތުން އެސްކޫލްގެ 31 ދަރިވަރަކު ވަނީ ގައުމީ ގަދަ 10 ގައި ހިމެނިފައެވެ. މީގެ ތެރެއިން ހަތަރު ދަރިވަރަކު ވަނީ ގަދަ 10 ގެ އެއްވަނަ ދަރަޖަ ޙާޞިލްކޮށްފައެވެ.

އެދަރިވަރުންނަކީ:

  1. އައިޝަތު ސާނިޔާ މޫސާ ފިކުރީ
  2. ބަލްގިޝް ބިންތި މުންތަސިރު
  3. މުހައްމަދު ޔާމީން މައުމޫން
  4. ޒަކްވާ މުޙައްމަދު ސަޢީދު

މިލިޔުމާއި ގުޅޭ :

ތިމާވެށީގެ ދުވަސް، ވާހަކަލިޔުމުގެ މުބާރާތުން މުޅިރާއްޖެއިން 1ވަނަ ޝަރަފުއްދީން ސްކޫލަށް

އެތްލެޓިކްސް: 17 އަހަރުން ދަށް، އަންހެން އެއްވަނަ ޝަރަފުއްދީން ސްކޫލަށް

ޖަލްސާގެ ރިކޯޑެޑް، ލައިވްކާސްޓް :

ޓެގްސް: ޝަރަފުއްދީން ސްކޫލް ޢިނާމްދިނުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.