އެމްއެންޑީއެފް ޙަރަކާތެއްގެތެރެއިން މިނިސްޓަރ މާރިއާ އަދި ރައީސް ސޯލިހް

ހަބަރު

ރިޔާސީ ރޭހުގައި މާރިޔާ ހުންނެވީ ރައީސް ސޯލިހް އާއިއެކު ކަމަށް ވިދާޅުވެއްޖެ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 14 ޖޫން 2022 , އަންގާރަ 11:51   210

ކުރިން ރައީސް ނަޝީދުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތްކުރެއްވި، މިހާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދި، އަންނަ ރިޔާސީ އިންތިޚާބުގައި ހުންނެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި އެކު ކަމަށް ވިދާޅުވެއްޖެއެވެ.

އެކަމަނާ އެގޮތަށް ވިދާޅުވެފައިވަނީ ސޯޝަލްމީޑިއާގައި ޢާއްމުކުރެއްވި ޕޯސްޓަކާއި އެކު އެވެ.

އަޅުގަނޑު މަސައްކަތްކޮށްފިން ރައީސް ސޯލިހްގެ ޓީމްގައި 17 ނޮވެމްބަރު 2018 އިން ފެށިގެން، އަދި އަޅުގަނޑަށް ފެންނަނީ އެމަނިކުފާނަކީ މޮޅު ޓީމް ލީޑަރެއްގެ ގޮތުގައި، ކެތްތެރި، އަދި ބޭނުންޖެހޭ ދަނޑިވަޅުގައި ހުޅުވިފައިވާ ސިކުނޑިއަކާއި އެކު އަޑުއައްސަވަން ބޭނުންފުޅުވޭ. އަޅުގަނޑު އެމަނިކުފާނަށް ނުހަނު ތާއީދުކުރަން، އަދި އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި 2023 ވަނަ އަހަރު ވާދަކުރަން އަޅުގަނޑު ތާޢީދުކުރަން.

~ މާރިޔާ އަހުމަދު ދީދީ، ޑިފެންސް މިނިސްޓަރ

"އެމްޑީޕީ އަށް ވެރިކަން ބޭނުންކަމަށްވަންޏާ އަޅުގަނޑު މިހިރީ ޗޮއިސްއަކަށް." މިދިޔަ ހަފްތާގައި ނޫސްވެރިންނާއި ބައްދަލުކުރައްވަމުން ރައީސް އިބޫ ވިދާޅުވެފައިވެއެވެ.

އެހެންކަމުން މިއީ އެއާއި ވިދިގެން މިނިސްޓަރު ކުރައްވާފައިވާ ޕޯސްޓެއްކަމަށް ބެލެވެއެވެ.

ޓެގްސް: އިންތިޚާބު ރިޔާސީ އިންތިޚާބު މާރިއާ އަހުމަދު ދީދީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.