ބްރިގޭޑިއަރ އިބްރާހިމް ދީދީ

ހަބަރު

ކުރީގެ އެމްޕީ ޑީޑީ އަށް ސްޓެލްކޯގެ ޗެއަރމަންކަން

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 14 ޖޫން 2022 , އަންގާރަ 19:19   365

އައްޑޫ އާއި މާލެ ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ބޯޑު ޑިރެކްޓަރުންގެ ޗެއަރމަން އަކަށް ކުރީގެ ހިތަދޫ މެދު ދާއިރާގެ މަޖިލީސް މެމްބަރު (ބްރިގޭޑިއަރ/ ބީޗްވިލާ) ބީޗްވިލާ އިބްރާހިމް ދީދީ އައްޔަންކޮށްފިއެވެ.

ދީދީ އަޔަންކޮށްފައިވަނީ، މިމަގާމް ހުސްކޮށް އޮންނަތާ 5 އަހަރަށްވުރެ ގިނަ ދުވަސް ފަހުން، ސަރުކާރުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.

އެންމެފަހުން ބޭއްވުނު މަޖިލީސް އިންތިޚާބުގައި ނާކާމިޔާބުވެ ވަޑަގައިގަތުމާއި ގުޅިގެން ޑީޑީ ހުންނެވީ ސިޔާސީ ކަންކަމާއި ތަންކޮޅެއް ދުރުގައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.