ސެޓެލައިޓް ފޮޓޯއެއް

ޓެކްނޯލޮޖީ

ދިވެހިރާއްޖެ ޓެކްނޮލޮޖީގެ އާ އުސްމިންތަކަކަށް: ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ލޯންޗްކުރުމަށް ތައްޔާރުވަނީ

ދާނިޝް - ދިވެހި ރާއްޖެ | 15 ޖޫން 2022 , ބުދަ 15:26   372

ދިވެހިރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ލޯންޗްކުރުމަށް ތައްޔާރުވަމުންދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން( އެޗް ޑީ ސީން) ވިދާޅުވެއްޖެއެވެ.

މި މިޝަނަކީ އެޗް.ޑީ.ސީ އާއި އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) ގުޅިގެން ހިންގާ ހަރަކާތެކެވެ. މި ޖައްވީ މިޝަން ވެގެނަދާނީ ދާނީ ރާއްޖޭގައި ހިންގޭ އެފަދަ އެންމެ ފުރަތަމަ ހަރަކާތަށެވެ. އެޗް.ޑީ.ސީ އިން މައުލޫމާތު ދެއްވައި ގޮތުގައި މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓާއިޕް ސެޓެލައިޓު ހެދުމާއެކު އެ ތަޖުރިބާ ކުރުމެވެ.

މިއީ އެމެރިކާގެ ކޭ.އެސް.އެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރިކަމާއެކު އައި.ޖީ.އެސްއިން ކުރިއަށްގެންދާ ޕްރޮޖެކްޓެއްކަން ފާހަގަކުރެވެއެވެ. ކޭ.އެސް.އެފް ސްޕޭސް ފައުންޑޭޝަނަކީ ސްޕޭސް ޢިލްމު ފުޅައުކޮށް، ސެޓެލައިޓް ލޯންޗުކުރުން ފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެކެވެ.

މި މިޝަނާގުޅޭގޮތުން އެޗް.ޑީ.ސީން އާއްމުކުރި ވީޑިއޯއެއްގައި އެޗް.ޑީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާތިފް ވަނީ މި ހަރަކާތަކީ ވަރަށް ތާރީހީ މިޝަނެއްގެ ގޮތުގައި ސިފަކޮށް ވާހަކަ ދައްކަވާފައެވެ. މިގޮތުން އޭނާ ވިދާޅުވީ މި މީޝަނަކީ ދިވެހި ޓީމަކުން ކުރަމުން އަންނަ ވަރަށް ތާރީހީ މަސައްކަތެކެވެ. އަދި ފުރަތަމަ ފަހަރަށް މިފަދަ މަސައްކަތެއް ކުރާއިރު މި މިޝަނުގައު ބައިވެރި ވުމަކީ ލިބިގެންދާ ވަރަށް ބޮޑު ފަޙުރެއެ ކަމުގައެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަނުގައި ހަރަކާތް ތެރިވާ ކުންފުނިތައް އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި މިޝަނުގައި ސެޓެލައިޓް ހަދާ ޓެސްޓްކޮށް ލޯންޗްކުރުމަށް ހަވާލުވެފައި ތިބީ ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ޤާބިލު އަދި ޢިލްމުވެރި ޒުވާނުންތަކެއްކަންވެސް އެޗް.ޑީ.ސީން ވަނީ ފާހަގަކޮށްފައެވެ. ހަމައެއާކު އެކުންފުނިން އަބަދުވެސް މުފަދަ އީޖާދީ މަސައްކަތް ތަކަށް މަރުޙަބާ ކިޔައި އެހީތެރިކަން ފޯރުކޮށް ދޭނެ ކަންވެސް އެކުންފުނިން ފާހަގަކުރިއެވެ.

މި މިޝަނާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އައި.ޖީ.އެސްގެ ޗެއަރމަން އަދި ސީ.އީ.އޯ ވިދާޅުވީ، މިއީ ރާއްޖެއާއި ވަރަށް ބޮޑަށް ގުޅިފައިވާ މުހިއްމު މިޝަނެކެވެ. އަދި މި މިޝަންގައި ބޭނުންކުރާ ސެޓެލައިޓަކީމޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ ސައިންޓިފިކް މަޢުލޫމާތުހޯދައި އެއްކުރުމަށް އެހީވެދޭނެ ޗެޓެލައިޓެއްކަމަށް އޭނާ ވިދާޅުވިއެވެ.

" މިއީ ދިވެހިރާއްޖެއާއި ވަރަށް ގުޅުންހުރި ރާއްޖޭގެ މުސްތަޤުބަލަށްވެސްވަރަށް މުހިއްމު ދާއިރާއެއްގެ މަޢުލޫމާތު އެއްކުރުމަށްޓަކާ އަޅުގަނޑުމެންކުރިއަށްގެންދާ މަސައްކަތެއް މި މަސައްކަތުގެ ބޭނުމަކީ ބައިނަލްއަޤްވާމީމުޖުތަމަޢުގައި ދިވެހިރާއްޖޭގެ ހައިބަތު އިތުރަށް އުފުލާލައި ދިވެހިރާއްޖޭގެ ބްރޭންޑް އިމޭޖް ރަނގަޅުކުރުން. އަދި މިފަދަ ބޮޑެތިކަންތައްތަކާއި ކުރިމަތިލެވޭނެ ޤާބިލުޒުވާނުން ދިވެހިރާއްޖޭގައި ތިބިކަން އަޅުގަނޑުމެންގެ ޒުވާން ޖީލަށްވެސްއަދި ދުނިޔެއަށްވެސް ސާބިތުކޮށްދިނުން" އައި.ޖީ.އެސްގެ ޗެއަރމަން އަދި ސީ.އީ.އޯ ރިއްފަތު ވިދާޅުވިއެވެ.

މިސެޓެލައިޓް ލޯންޗްކުރަން ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. މި ސއޓެލައިޓް ދޫކުރުމަށްފަހު ސެޓެލައިޓުން ޑޭޓާ އެއްކޮށް މުޅި ޕްރޮގްރާމް ހިންގާނީ ދިވެހިޒުވާނުންގެ ޓީމަކުން ކަމަށް މައުލޫމާތު ލިބެއެވެ.މިސެޓެލައިޓް ލޯންޗްކުރަން ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. މި ސއޓެލައިޓް ދޫކުރުމަށްފަހު ސެޓެލައިޓުން ޑޭޓާ އެއްކޮށް މުޅި ޕްރޮގްރާމް ހިންގާނީ ދިވެހިޒުވާނުންގެ ޓީމަކުން ކަމަށް މައުލޫމާތު ލިބެއެވެ.

ޓެގްސް: ޖައްވީ ހޯދުންތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.