ފަލަސްތީނުގެ ބޮޑުވަޒީރު މުޙައްމަދު ޝްތައްޔާއާއި ވިލާތުގެޤައުމުތަކުގެ ކޮމިޝަންގެ ރައީސް އުރްސުލާ ފޮންޑެ ލަޔަން

ދުނިޔެ

ވިލާތުގެ އިއްތިހާދުން ހިފަހައްޓާފައިވާ ފަލަސްތީނުގެ ފާއިސާ ރައްދުކުރުމަށް ނިންމައިފި

ދާނިޝް - މެދުއިރުމަތި | 15 ޖޫން 2022 , ބުދަ 16:35   248

ފަލަސްތީނަށް މާލީ އެހީގެ ގޮތުގައި ލިބި، ވިލާތުގެ އިއްތިހާދުން ހިފަހައްޓާފައިވާ އެތައް ސަތޭކަ މިލިޔަން ޔޫރޯއެއް އެ ޤައުމަށް އަނބުރާ ރައްދުކުރަން އެ އިއްތިހާދުން ނިންމައިފިކަން ހާމަކޮށްފިއެވެ.

އީ.ޔޫ.އިން މި ކަން އިޢުލާނުކޮށްފައިވަނީ ފަލަސްތީނުގެ ބޮޑުވަޒީރު މުޙައްމަދު ޝްތައްޔާއާއި ވިލާތުގެޤައުމުތަކުގެ ކޮމިޝަންގެ ރައީސް އުރްސުލާ ފޮންޑެ ލަޔަން އާއެކު ބޭއްވުނު މަޝްވަރާ ބައްދަލުވުމަށް ފަހު، ފަލަސްތީނުގެ ރާމަالله ގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލު ވުމުގައެވެ.

މި ނޫސްވެރިންގެ ބައްދަލު ވުމުގައިވާހަކަފުޅުދައްކަވަމުން އުރްސުލާ ފޮންޑެ ލަޔަން ވިދާޅުވީ ފަލަސްތީނަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަތުމުގެ މަގު ތަނަވަސް ވެގެން ދާނެ ކަމުގައެވެ. އަދި، 2021 ވަނަ އަހަރު ފަލަސްތީނަށް އެހީގެ ގޮތުގައިލިބިފައިވާ ފައިސާގެ ތެރެއިން އީ.ޔޫ.އިން ހިފަހައްޓާފައިވާ ފާއިސާ ވީ އެންމެ އަވަހަކަށް ރައްދު ކުރާނެ ކަމުގައެވެ. މި ފާއިސާ ވިލާތުގެ އިއްތިހާދުން ހިފެހެއްޓީ ފަލަސްތީނުގެ ތަޢުލީމީ މުޤައްރަރުގައި ބޭނުން ކުރާފޮތްތަކުގައި ލޭއޮހޮރުވުމާއި ހަމަނުޖެހުމަށް ހިތްވަރުދޭ ފަދަ ވާހަކަތައް އެކުލެވޭ ކަމަށްކުރި ތުހުމަތާއި ގުޅިގެންނާއި ޔަހޫދީންނާ މެދު ނަފްރަތު އުފައްދަން މަސައްކަތްކުރާ ކަމުގެ ތުހުމަތުގައެވެ.

ވިލާތުގެ އިއްތިހާދުގެ މި ނިންމުމާއި ގުޅިގެން ޝްތައްޔާ ވަނީ ވިލާތުގެ އިއްތިހާދަށް ޝުކުރުއަދާކުރައްވާފައެވެ.

ޓެގްސް: ފަލަސްޠީން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.