މަދީނާގެ އިސްލާމިކް ޔުނިވާސިޓީން އެވޯޑް އަރުވަނީ

ހަބަރު

ޑރ. ޝަހީމް އަށް ބައިނަލްއަގްވާމީ އެވޯޑެއް ލިބިވަޑައިގެންފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 16 ޖޫން 2022 , ބުރާސްފަތި 11:57   274

މަދީނާގެ އިސްލާމިކް ޔުނިވަރސިޓީއިން އައިއޯސީސީގެ ރައީސް ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް އެޔުނިވަރސިޓީގެ އިސްދަރިވަރުންނަށް އަރުވާ އެންމެ ޝަރަފްވެރި އެވޯޑް (ޖާއިޒަތުލްޚިއްރީޖީނައްރުއްވާދު) އަރުވައިފިއެވެ.

މި އެވޯޑް ޙަވާލުކޮށްދެއްވީ، ބުދަދުވަހުގެ ރޭ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި އޮތް، އެޔުނިވާސިޓީގެ 58 ވަނަ ދަސްވެނިވުމުގެ ޚާއްޞަ ޙަފްލާގައި ސަލްމާން ރަސްގެފާނުގެ ދަރިކަލުން މަދީނާގެ އަމީރު ފައިޞަލްބިން ސަލްމާން އެވެ.

ޑރ.ޝަހީމް ވަނީ މީގެ ކުރިން ވެސް މިފަދަ ގިނަ އެވޯޑްތަކެއް ޙާޞިލްކުރައްވައި އިސްލާމީ ދިނުޔޭގައި އެންމެ ނުފޫޒުގަދަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންފައެވެ.

ޝަހީމް މިވަގުތު ހުންނެވީ މަދީނަގައެވެ.

ޓެގްސް: ޑރ.ޝަހީމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.