ލޭޑީ ގާގާ އާއި ޖޯކާ

މުނިފޫހިފިލުވުން

ލޭޑީ ގާގާ "ޖޯކާ"ގެ ދެވަނަ ބައިން..

ދާނިޝް - އެމެރިކާ | 16 ޖޫން 2022 , ބުރާސްފަތި 18:02   185

މަޝްހޫރު މިއުޒިކީ ތަރި އަދި އެކްޓްރެސް ލޭޑީ ގާގާ ޑީސީގެ ފިލްމުތަކުގެ ތެރެއިން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ ފިލްމު، "ޖޯކާ" ގެ ދެވަނަ ބައިގެ ރޯލަކުން ފެނިގެން ހިނގާދާނެ ކަން ހާމަވެއްޖެއެވެ.

މަޝްހޫރު ވިލަން "ޖޯކާ"ގެ ކެރެކްޓާ އަށް ބިނާކޮށް އުފެއްދި ސައިކޮލޮޖިކަލް ތުރިލާ ފިލްމުގެ ދެވަނަ ބައިގައި ލޭޑީ ގާގާ ފެނިގެން ދާނީ "ހާލީ ކުއިން"، "ޖޯކާ"ގެ ލޯބިވެރިޔާގެ ރޯލުން ކަމަށް މައުލޫމާތު ލިބެއެވެ.

ޖޯކާގެ ޑައިރެކްޓަރު ޓޮޑް ފިލިޕްސް ވަނީ ފިލްމުގެ ދެވަނަ ބައިގެ މަސައްކަތް ފަށާފައިވާ ކަން އިއުލާނު ކޮށްފައެވެ. އަދި ދެވަނަ ބައިގައި ޖޯކާގެ ރޯލުން ވާކިން ފީނިކްސް އަލުން ފެނިގެން ދާނެ ކަންވެސް އޭނާ ވަނީ ހާމަކޮށްފައެވެ.

ޖޯކާގެ މި ސީކުއެލް އަށް ދީފައިވާ ނަމަކީ "ފޮލީ އަ ޑޫ" އެވެ. މީޑީއާ ތަކުން ރިޕޯޓު ކުރާގޮތުގައި އަދި ވަކި ގޮތެއް ނިންމާފައި ނެތަސް މި ފިލްމު ވެގެންދާނީ މިއުޒިކަލް ފިލްމަކަށް ވުން އެކަށީގެންވާ ކަމަށެވެ. އަދި ޓޮޑް ފިލްމު އިޝްތިހާރު ކުރަމުން ދަނީވެސް އެފަދަ މެސެޖެއް ލިބޭ ގޮތަކަށެވެ. މިފަދަ ގޮތަކަށް ފިލްމު ބިނާ ކޮށްފިނަމަ މި ފިލްމު ވެގެންދާނީ 2019 ވަނަ އަހަރު ނެރުނު "ޖޯކާ" ގެ ފިލްމާއި މުޅިން ތަފާތު ފިލްމަކަށެވެ.

މި ފިލްމު ރިލީޒް ވެގެންދާނެ ތާރީހެއް ޑީސީ އިން އަދި ހާމައެއް ނުކުރެއެވެ.

ޓެގްސް: ހޮޅިވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.