ދިވެހިރާއްޖޭގެ ގާނޫނު އަސާސީ

ހަބަރު

މަދަނީ އިޖުރާޢަތުގެ ގާނޫނަށް އަމަލު ކުރަން ފެށުން، މައްސަލަ ކާމިޔާބުވި ފަރާތުގެ ގާނޫނީ ހަރަދު ނާކާމިޔާބުވި ފަރާތުން ދައްކަން ޖެހޭނެ

ދާނިޝް - ދިވެހި ރާއްޖެ | 16 ޖޫން 2022 , ބުރާސްފަތި 18:09   382

ދިވެހި ރާއްޖޭގައި އެކުލަވާލެވުނު އެންމެ ފުރަތަނަ މަދަނީ އިޖުރައާތުގެ ގާނޫނަށް އަމަލު ކުރަން ފަށައިފިއެވެ.

މި ގާނޫނަށް އަމަލު ކުރަން މިފެށީ މިއަދު (2022/16/06) އިން ފެށިގެންނެވެ. 16 ޑިސެމްބަރ 2021 ގައި ތަސްދީގު ވެގެން ދިޔަ މި ގާނޫނާ އެކު މަދަނީ އަދުލުގެ ނިޒާމަށް ބަދަލުތަކެއް އަންނާނެއެވެ. މިގޮތުން ކުރީގެ ތިން ގާނޫނަކާއި ޝަރީއަތް ކުރުމާބެހޭ ގަވާއިދުގެ އެއް ވަނަ ބަޔާއި ދެވަނަ ބައި ވެސް އުވިގެން ދާނެއެވެ. އުވިގެން ދާ 3 ގާނޫނުތަކަކީ ދައުލަތް ފިޔަވައި އެހެން ފަރާތްތަކުން ދައުވާ އާއި މައްސަލަތައް ޝަރީއަތަށް ހުށަހެޅުމާ ބެހޭ ގާނޫނާއި ތަރިކައާ ބެހޭ ދައުވާގެ ގާނޫނާއި ފައިސާ ބަހައްޓައިގެން މީހުން ޝަރީއަތަށް ހާޒިރު ކުރުމާއި މެސެޖްގެ ޒަރީއާއިން ހެކިބަސް ހޯދުމާބެހޭ ގާނޫނެވެ.

މީގެ އިތުރުން އާންމުންގެ މުދަލާއި ފާއިސާ އާއި ގުޅޭ މައްސަލަ ތަކުގައި މީގެ ކުރިން އމަލު ކުރަމުން އާ އުސޫލު މުޅިންހެން ބަދަލު ވެގެންދާނެއެވެ.

މި ގާނޫނާ ގުޅިގެން އަންނަ ބައެއް ބަދަލުތައް :

  • މައްސަލަ ކާމިޔާބުވި ފަރާތުގެ ގާނޫނީ ހަރަދު ނާކާމިޔާބުވި ފަރާތުން ދައްކަން ޖެހުން
  • ކުދި މައްސަލަތައް އެންމެ ދުވަހަކުން ނިންމުން
  • ދެ ފަރާތް އެއްބަސްވާ ނަމަ، އަޑުއެހުމަކާ ނުލައި މައްސަލަ ނިންމުން
  • ޣައިރު ހާޒިރުގައި ކުރާ ހުކުމްތައް ރިވިއު ކުރަން އެދެވޭނެ
  • ހުކުމަށް އަމަލު ނުކުރާ ނަމަ ދަރަނިވެރިޔާގެ މުދާ ކޯޓުން މޮނިޓާކުރުން

މި ގާނޫނު ބުނާ ގޮތުން މި ގާނުނާއެކުވެސް ކޮންމެ ކޯޓަކުން ވަކި ގަވާއިދެއް ހަދަން މަޖުބޫރެވެ. މިއާ އެކު އެކި ކޯޓުތަކުން ހަދައި ގަވާއިދުގައި ތަފާތު ތަކެއް ހުރެ، އަމަލު ކުރާގޮތް ތަފާތު ވުމަކީ އެކަށީގެންވާ ކަމެކެވެ.

ޓެގްސް: ޤާނޫނުތަކާއި ޤަވާޢިދުތައް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.