އިސްލާމިކް މިނިސްޓްރީގެ އިމާރާތް

ދީން

މުދަލުގެ ޒަކާތުގެ ނިޞާބަށް ބަދަލުތަކެއް ގެނެސްފި

ދާނިޝް - ދިވެހި ރާއްޖެ | 16 ޖޫން 2022 , ބުރާސްފަތި 17:34   488

މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލުތަކެއް ގެނެސްފިއެވެ.

ރާއްޖޭގައި ޒަކާތުގެ ނިޞާބު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެނެވެ. އިސްލާމިކް މިނިސްޓްރީ އިން މައުލޫމާތު ދޭ ގޮތުގައި 2021/12/06 އިން ފެށިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަކީ 6396.25 ރުފިޔާއެވެ. ކުރިން ކަނޑައޅިފައި އޮތް ނިޞާބުގެ މިންވަރަކީ 7241.15 ރުފިޔާއެވެ. އެހެންކަމުން އަލަށް ކަނޑައެޅި މުދަލުގެ ޒަކާތުގެ ނިޞާބު މިވަނީ 844.90 ރުފިޔާއިން ކުޑަވެފައެވެ.

ޒަކާތަކީ އިސްލާމް ދީނުގެ ފަސް ރުކުނުގެ ތެރެއިން 3 ވަނަ ރުކުނެވެ. މުދަލުގެ ޒަކާތް ދެއްކުން ދީނުގައި ވަޖިބު ވަނީ ނިޞާބު ހަމަވާ ވަރަށް އަތުގައު ފާއިސާ ހުރެ އަހަރެއް ހަމަވެފައިވާ ނަމައެވެ. އަދި އެ ފާއިސާ އިން ޒަކާތުގެ ގޮތުގައި ދައްކަން ޖެހެނީ އަތުގައިވާ ފާއިސާގެ 2.5 ޕަސެންޓް ނުވަތަ އޭގެ ސާޅީސްބައިކުޅަ އެއްބައެވެ.

ރާއްޖޭގައި މުދަލުގެ ޒަކާތް ބަލައިގަންނަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ނުވަތަ މީރާއިނެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.