އިންޑިއާގެ މުސްލިމުން ކުރަމުންދާ މުޒާހަރާ ތަކުގެ ތެރެއިން

ހަބަރު

އިންޑިއާގެ މުސްލިމުންނަށް ހިންގަމުންދާ އިހާނެތި އަމަލުތަކާއި ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފި

ދާނިޝް - އިންޑިއާ | 16 ޖޫން 2022 , ބުރާސްފަތި 17:56   220

އިންޑިއާގެ މުސްލިމުންނަށް ހިންގަމުންދާ އިހާނެތި އަމަލުތަކާއި ދެކޮޅަށް، އިންޑިއާގެ އެތައް ސިޓީއެއްގައި މުސްލިމުން މުޒާހަރާ ކުރަން ފަށައިފިއެވެ.

މުޒާހަރާގެ ބައިވެރިން ވަނީ މުސްލިމުންނާމެދު އިންޑިއާގެ ސަރުކާރުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އަޑު އުފުލަމުންނެވެ. މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން މިފެށީ އިންޑިއާގެ އުތުރުގެ އުއްތަރް ޕްރަދޭޝް ސަރުކާރުން ބުލްޑޯޒަރުތައް ނެރެގެން އެ ސްޓްޓޭޓްގެ 3 ސިޓީއެއްގެ މުސްލިމުންގެ ގެދޮރާއި ވިޔަފާރިތައް ހަފުސްކޮށް ސުންނާފަތި ކުރަމުން ދާތީއެވެ.

ޕްރަދޭޝް ސަރުކާރުން ހަލާކު ކުރަމުންދަނީ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލާގައި މުސްލިމުންގެ ތެރެއިން އެކަމާ ދެކޮޅަށް އަޑުއުފުލާއި މުޒާހަރާ ކުރި މުސްލިމުންގެ ގެދޮރާއި ވިޔަފާރި ތަކެވެ. މި ހާދިސާ އާއި ގުޅިގެން ތިންސަތޭކަ އެއްހާ މުސްލިމުން ހައްޔަރު ކޮށްފައިވާ އިރު މުޒާހަރާގައި ބައިވެރިވި 2 ޒުވަނުން ވަނީ މަރުވެފައެވެ. މި ދެ ޒުވާނުން މަރުވެގެން ދިޔައީ މިދިޔަ ހުކުރު ދުވަހު ޖަރްޚަންދް ސްޓޭޓްގެ ވެރިރަށް ރާންޗީގައި މުޒާހަރާ ރޫޅާލުމަށް މީހުންގެ ތެރެއަށް ފުލުހުން ބަޑިޖެހުމުގެ ސަބަބުނެވެ.

އިންޑިއާގެ ވެރިކަމަށް ނަރެންދުރަ މޯދީގެ ޕާޓީ ބީޖޭޕީ 2014 ވަނަ އައިފަހުން އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ މިފަދަ އަނިޔާތައް ވަނީ އިތުރުވެފައިވެއެވެ. އަދި ދުވަހުން ދުވަހަކަށް މުސްލިމުންނާ ދެކޮޅަށް އިންޑިއާގެ ސަރުކާރުން މުސްލިމްނާއި ދެކޮޅަށް ހިންގަމުންދާ މިފަދަ ޖަރީމާތަކުގެ ވާހަކަ ދުނިޔޭގެ ފެންވަރުގައި މީޑިއާ ތަކުގެ ސަމާލުކަން ހޯދަމުން އަންނަ އިރު ގައުމުގެ ބޮޑޮވަޒީރު ނަރަންދުރަ މޯދީ މިކަމާ ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދައްކަވައެވެ.

އުއްތަދް ޕްރަދޭޝްގެ ޗީފް މިނިސްޓަރު ކަޔޯގީ އަދިތިޔަނާގެ އޮފީހުން މި މައްސަލާގައި ބުނެފައިވަނީ ސަރުކާރާ ދެކޮޅުވެރި އަމަލުތައް ހިންގާ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމުގެ ބާރު ފުލުހުންނަށް ދީފައިވާ ކަމަށެވެ. މީޑީއާ ތަކުން ރިޕޯޓުކުރާ ގޮތުގައި މުސްލިމަކު ދެކޮޅުވެރި ބަހެއް ބުންޏަސް ހިފައި ހައްޔަރުކޮށް އަނިޔާކުރަމުންދާ ކަމުގައެވެ. އަދި މުޒާހަރާތަކުގެ ބައިވެރިންނަށް ވެސް ބޮޑެތި އަނިޔާ ތަކެއް ދެމުން އަންނަކަމަށް މީޑިއާ ތަކުން ރިޕޯޓު ކުރެއެވެ.

އިންޑީއާގެ ފުންނާބު އުސް 12 ގާނޫނީ ވަކީލުންނާއި އިންޑިއާގެ ސްޕްރިމް ކޯޓާއި ހައި ކޯޓުގެ ބައެއް ފަޑިޔާރުން ދަނީ މި އަމަލުތައް ކުއްވެރިކޮށްފައެވެ. މިގޮތުން މި ބޭފުޅުން މި މައްސަލަ ދޮގުކޮށް އިންޑިއާގެ ޗީފް ޖަސްޓިސްއަށް ފޮނުވި ސިޓީގައި ވަނީ ގެދޮރު ހަލާކުކުރުމަކީ ގާނޫނުއަސާސީއާ ޚިލާފް، ޣައިރުގާނޫނީ އަމަލެއް ކަމަށް ވިދާޅުވެ މި މައްސަލަ ވަގުތުން ވަގުތައް ބެލުމަށް ގޮވާލައިފައެވެ.

ޓެގްސް: އިންޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.