2022 ގެ ގޯލްޑަން ބޯއި އެވޯޑަށް ވާދަކުރާ 100 ކުޅުންތެރިންގެ ނަންތަން ހާމަކޮށްފިއެވެ.
މި އިނާމަކީ ކޮންމެ ސީޒަނަކަށް ފަހު ޓޫޓޯ ސްޕޯޓްސްގެ ވެބްސައިޓް މެދުވެރިކޮށް ނެގޭ ވޯޓާއި ޔޫރަޕްގެ އެކިޤައުމުތަކުގެ ސްޕޯޓްސް ޖަރނަލިސްޓުންގެ މެދުގައި ނެގޭ ވޯޓަކުން، ހޮވިގެންދާ އެންމެ ފާހަގަކޮށްލެވޭ 21 އަހަރުން ދަށުގެ ފުޓުބޯޅަ ކުޅުންތެރިޔާއަށް ދެވޭ އިނާމެކެވެ.
މި އަހަރު މި އިނާމަށް ވާދަކުރާ 100 ކުޅުންތެރިންގެ ލިސްޓު ރޭ އާންމު ކޮށްފައި ވާއިރު ލިސްޓުގައި ފާހަގަކޮށް ލެވޭ މަޝްހޫރު ޒުވާން ކުޅުންތެރިން ހިމެނެއެވެ.
މީޑިއާ ތަކުން ރިޕޯޓުކުރާ ގޮތުގައި މި އަހަރު މި އިނާމަށް އެންމެ ބޮޑަށް ވާދަކުރަމުންދަނީ ބާސެލޯނާގެ ގާވީ، ބަޔޭން މިޔުނިކްގެ ޖަމާލް މުސިއެލާ،ރެއާލް މެޑްރިޑްގެއެޑުއާޑޯ ކަމަވިންގާ، އަދި ބޮރޫޝިއާ ޑޯޓްމުންޑްއަށް ކުޅޭ ޖޫޑް ބެލިންގްހަމްއެވެ.މިދިޔަ އަހަރު މި އިނާމް ހާސިލްކޮށްފައިވަނީ ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ޕެޑްރީއެވެ.

