ޓެލެގަރާމް އެޕް

ޓެކްނޯލޮޖީ

"ޓެލެގްރާމް ޕްރިމިއަމް" ތައާރަފް ކުރުމަށް ތައްޔާރުވަނީ

ދާނިޝް - މެދުއިރުމަތި | 16 ޖޫން 2022 , ބުރާސްފަތި 18:16   357

"ޓެލެގްރާމް ޕްރިމިއަމް" މި މަހު ފަހުކޮޅު ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަން ޓެލެގަރާމްގެ ފައުންޑާ، ޕެވެލް ޑުރޯވް ހާމަކޮށްފިއެވެ.

ޓެލެގްރާމް ޕްރިމިއަމް ގެ މަސައްކަތް ފެށިގެން ދިޔައީ 2020 ވަނަ އަހަރުގައެވެ.

ޓެލެގްރާމް މެދުވެރިކޮށް އެޕްގެ ކަސްޓަމަރުންނަށް ފޮނުވި މެސެޖެއްގައި އޭނާ ބުނެފައިވަނީ އަލަށް ތައާރަފް ކުރުމަށް ތައްޔާރު ވަމުންދާ "ޓެލެގްރާމް ޕްރިމިއަމް" ގައި ސައިބްސްކްރައިބްކޮށްގެން ލިބޭނެ ތަފާތު ހާއްސް ފީޗާ ތަކެއް އެކުލެވޭ ކަމުގައެވެ.

"ޓެލްގްރާމް ޕްރިމިއަމް" އިން ލިބޭނެ ހާއްސަ ހިދުމަތްތަކުގެ ތެރޭގައި:

  • އެ އެޕަށް އާ ފީޗާތައް ތައާރަފުކުރުމުގެ ކުރިން ތަޖުރިބާކޮށްލަން ފުރުސަތު ދިނުން
  • މިހާރަށް ވުރެ ބޮޑެތި ފައިލްތައް އަޕްލޯޑްކުރެވޭނެ ގޮތް ހެދުން
  • ޕްރިމިއަމް އަށް ހާއްސަ ސްޓިކާ އަދި ރިއެކްޝަންސްތައް

ޓެލެގަރާމް ޕްރިމިއާގެ ހިދުމަތް ބޭނުންކުރަން މަހު ފީގެ ގޮތުގައި ދައްކަން ޖެހޭ ފާއިސާގެ އަގު ޓެލެގްރާމް އިން އަދި އިއުލާނު ނުކުރެއެވެ. ނަމަވެސް ލަފާކުރެވޭ ގޮތުގައި ގާތްގަޑަކަށް މަހަކު 4.99 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް މީޑިއާ ތަކުން ރިޕޯޓުކުރެއެވެ.

ޑުރޯވް އިތުރަށް ވިދާޅުވީ ޓެލްގްރާމް ޕްރިމިއަމް ތައާރަފު ކުރިޔަސް މިހާރު ޓެލެގްރާމް އިން ލިބޭ ފީޗާތައް ހިލޭ ލިބޭނެ ކަމުގައެވެ.

ޓެގްސް: ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.