ސްރީލަންކާގައި ކާބޯތަކެއްޗަށް ޖެހި އަގުތައް އިންތަހާއަށް މަތީގައި

ދުނިޔެ

ސްރީލަންކާގެ ސަރުކާރުން ދަނޑުވެރިކަންކުރަން ހަފްތާއަކު އިތުރު އެއްދުވަސް ޗުއްޓީ

އަލީ އަޒްޔަން - ދެކުނު އޭޝިޔާ | 18 ޖޫން 2022 , ހޮނިހިރު 11:40   351

އާބާދީގައި 22 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ އަވަށްޓެރި ސްރީލަންކާގައި ސަރުކާރު މުވައްޒަފުންގެ ގޮތުގައި 1 މިލިއަނަށްވުރެ ގިނަ މީހުން މަސައްކަތް ކުރެއެވެ.

ބޭރުފައިސާ ގައުމުން ހުސްވެ، އެގައުމުގެ ބޭރުގެ ދަރަނިތައް ނުދެއްކި ބޭނުންވާ އެންމެ ޒަރޫރީތަކެތިވެސް ވަނީ އެތެރެނުކުރެވިއެވެ. މިއީ އެގައުމުގެ 70 އަހަރުގެ ތާރީޚުގައި ވެސް ނެތްފަދަ ތަދުމަޑުކަމެއްކަމަށް ބީބީސީ އިން ރިޕޯޓުކޮށްފައިވެއެވެ.

ހަދާނެގޮތް ހުސްވެ ހޯމަދުވަހުން ފެށިގެން އެގައުމުގެ ސަރުކާރުން ވަނީ ކުރިއަށްއޮތް 3 މަސް ދުވަހުގައި، ކޮންމެ ހުކުރުދުވަހަކު ދަނޑުވެރިކަން ކުރަމަށްޓަކައި ނިކުތުމަށް ސަރުކާރު މުވައްޒަފުންނަށް ހުއްދަ ދީފައެވެ. ސަރުކާރުން ބުނީ މިއީ ރައްޔިތުން އަމިއްލައަށް ބޭނުންވާ ވޭމާ އާއި ތަރުކާރީ އުފެއްދުމަށް ހިތްވަރު ދިނުމުގެގޮތުން ފޯރުކޮށްދީފައިވާ ލުޔެއް ކަމަށެވެ.

"އަޅުގަނޑުމެން އެދެނީ ކުރިއަށް އޮތް 5-10 ދުވަސް ތެރޭގައި، ހުރިހާއެންމެން ދަނޑުތަކަށް ނިކުމެ ހަނޑޫ ހެއްދުމަށް މަސައްކަތް ކުރުން." ސްރިލަންކާގެ ދަނޑުވެރިކަމާއި ބެހޭ މިނިސްޓަރު މަހިންދާ އަމަރަވީރާ ވިދާޅުވެފައިވެއެވެ.

ޓެގްސް: ސްރީލަންކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.