ސްންޕްޗެޓް

ޓެކްނޯލޮޖީ

ސްނެޕްޗެޓް އިންވެސް އައު ޕްރެމިއަމް ފީޗާތަކެއް ތައާރަފް ކުރަނީ

ދާނިޝް - އެމެރިކާ | 18 ޖޫން 2022 , ހޮނިހިރު 17:06   308

އާންމުންގެ މެދުގައި މަގުބޫލު ސޯޝަލް މީޑިއާ އެޕްއް ކަމަށްވާ ސްނެޕްޗެޓް އިން އައު ފީޗާ ތަކަކާއެކު އެޕުގެ ހިދުމަތްތައް ފުޅައު ކުރަން އުޅޭ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނީގެ ސްޕޯކްސްޕާސަން ލިޒް މާކްމަން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ "ސްނެޕްޗެޓް ޕްލަސް" ގެ ނަމުގައި އައު ހިދުމަތެއްގެ އިންޓާނަލް ޓެސްޓުތައް މިހާރު ކުރަމުން ދާކަމުގައެވެ. އަދި މިޔާއެކު ފާއިސާ ދައްކާގެން ބޭނުން ކުރެވޭ ފީޗާ ތަކެއްވެސް ތައާރަފް ކުރުމުގެ މަރުހަލާގައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

މި އައު ހިދުމަތުގެ އަގު ރަސްމީ ސިފައެއްގައި ސްނެޕް ޗެޓުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ލަފާކުރެވޭ ގޮތުގައި މަހަކު ގާތްގަޑަކަށް 4.84 ޑޮލަރު މި ހުދުމަތް ހޯދުމަށް ދައްކަން ޖެހޭނެއެވެ.

މި އެޕް ދިރާސާކޮށް އެޕުގެ އެންމެ ފަހުގެ މައުލޫމާތު އާންމުންނާ ހިއްސާކުރާ ފަރާތެއް ކަމަށްވާ އެލެސާންޑްރޯ ޕްލޫޒީ ވެސް ވަނީ މިކަމާ ބެހޭ މައުލޫމާތު ތަކެއް އާންމުންނާ ހިއްސާ ކޮށްފައެވެ. މޮގުތުން އޭނާ ޓްވިޓާގައި އާންމުކުރި ފޮޓޯތަކެއް ދައްކާ ގޮތުން އަލަށް ތައާރަފް ކުރަން އުޅޭ "ސްނެޕްޗެޓް ޕްލަސް" އިން ބޭނުން މީހަކު "ބީއެފްއެފް" ގެ ގޮތުގައި ޕިންކޮށް ސްޓޯރީ ވިއު ކުރާ މީހުން ފެންނާނެ ގޮތްވެސް މަގުފަހި ވެގެންދާނެއެވެ. ހަމައެހެންމެ ސްނެޕްގެ އައިކޮން ވެސް ބަދަލުކުރެވޭނެއެވެ.

އެލެސާންޑްރޯ ޕްލޫޒީ އާންމު ކޮށްފައިވާ ސްކްރީންޝޮޓް ތަކެއް
ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.