ޔޫކްރެއިނުގެ ރައީސް (ވޮލޮޑޮމީރް ޒެލެންސްކީ)، އީ.ޔޫ ކޮމިޝަންގެ ރައީސާ (އުރްސުލާ ފޮންޑް ލަޔަން) އަދި ރަޝިއާގެ ރައީސް (ވްލަޑިމިއަރ ޕުޓިން )

ދުނިޔެ

ޔޫކްރެއިނުން ވިލާތުގެ އިއްތިހާދާއި ގުޅެނީ

ދާނިޝް - ޔޫރަޕް | 18 ޖޫން 2022 , ހޮނިހިރު 17:04   353

ޔޫކްރެއިނުން ވިލާތުގެ އިއްތިހާދުގެ މެންބަރު ގައުމަކަށް ވުމުގެ ހުއްދަ ދިނުމަށް ވިލާތުގެ ކޮމިޝަނުން ނިންމައިފިއެވެ.

ވިލާތުގެ އިއްތިހާދު (އީ.ޔޫ) އާއި ގުޅުމަށް ޔޫކްރެއިނުން ކުރަމުން ދިޔަ މަސައްކަތައް ރުހުން ދިން ކަން ހާމަ ކުރަމުން އީ.ޔޫ ކޮމިޝަންގެ ރައީސާ އުރްސުލާ ފޮންޑް ލަޔަން ވިދާޅުވީ މިއީ ޔޫކްރެއިނުން ވަރަށް ބޭނުންވެ ކެތްމަދު ވެފައިވާ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާ ޔޫކަރެއިނަށް އީ.ޔޫގެ މެމްބަރު ގައުމަކަށް ވުމުގެ ފުރުސަތު ދިނުމަށް ނިންމާ ފައިވާކަން ހާމަކޮށްފައެވެ.

މިވަގުތު ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ވަރުގަދަ ދާޙިލީ ހަނގުރާމައެއް ހިނގަމުންދާއިރު އީ.ޔޫގެ މި ނިންމުމަކީ ރަޝިއާއަށް އޮތް ނުރައްކަލެއް ނޫނެވެ. ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވީ އީ.ޔޫގެ މި ނިންމުމާ ގުޅިގެން ރަޝިއާއިން ކަންބޮޑު ނުވާކަން ހާމަކޮށްފައެވެ.

މިއަހަރު ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ފެށިގެން ދިޔަ ހަނގުރާމަ ފެށުނު ފަހުން ވިލާތުގެ ގައުމުތަކުން ދަނީ އެކި ގޮތް ގޮތުން ރަޝިއާ އަށް ދަރު ކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. ނަމަވެސް ރަޝީއާއިން ތކުރާރުކޮށް ބުނަމުން ދަނީ އެ ފިޔަވަޅު ތަކުން އެގައުމަށް ގެއްލުމެއް ނުލިބޭނެ ކަމަށާއި އެކަމުގެ ސަބަބުން ގެއްލުން ވާނީ ވިލާތުގެ އެހެން ގައުމުތަކަށް ކަމަށެވެ.

އީ.ޔޫގެ މި ނިންމުމާއި ގުޅިގެން ޔޫކްރެއިނުގެ ރައްޔިތުން ދަނީ އުފާ ފައުޅު ކުރަމުންނެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަދާޅުވީ މިކަމާ ގުޅިގެން އެގައުމަށް ހެޔޮ ބަދަލުތަކަކާއެކު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި މިއީ ޔޫކްރެއިންގެ ރައްޔިތުންގެ ހިތްވަރު ގަދަ ކަމުގެ ފޮނިނަތީޖާ ކަމުގައި އޭނާ ވަނީ ސިފަ ކުރައްވާފައެވެ.

ޓެގްސް: ޔޫކްރެއިން ޔޫރަޕިއަން ޔޫނިއަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.