އޮންލީ ބްލޫ ރެސްޓޯރެންޓުގެ މަންޒަރެއް

ވިޔަފާރި

ކަނޑުއަޑީގައި އެންމެބޮޑު ރެސްޓޯރެންޓް "އޮންލީ ބްލޫ" ހުޅުވައިފި

ދާނިޝް - ދިވެހި ރާއްޖެ | 18 ޖޫން 2022 , ހޮނިހިރު 18:42   295

ރާއްޖޭގައި ތަރައްގީކުރި ކަނޑުއަޑީގެ އެންމެ ބޮޑު ރެސްޓޯރެންޓް ހުޅުވައިފިއެވެ.

"އޮންލޯ ބްލޫ" ގެ ނަން ދީފައިވާ މި އެޓްމޯސްޕިއާ ހޮޓެލްސް އެންޑް ރިސޯޓްސްގެ "ކަލާސް އޮފް ބްލޫ" ބްރޭންޑްގެ ދަށުން ތަރައްގީ ކޮށްފައިވާ ރެސްޓޯރެންޓް ހުޅުވިގެންދިޔައީ މިދިޔަ ހީމަ ދުވަހުގެ ރެގައެވެ.

މި ރެސްޓޯރަންޓް އެޅިފައި ވަނީ އެޓްމޯސްފިއާ ހޮޓެލްސްގެ "އޮބްލޫ ސެލެކްޓް ލޯބިގިލި" ރިސޯޓާއި "އޮބްލޫ އެކްސްޕީރިއެންސް އާއިލާފުށި" ރިސޯޓާއި ދެމެދުގައެވެ. މި ރެސްޓޯރަންޓްގައި 46 ގޮނޑިއާއެކު ޑައިނިން އޭރިއާގެ ބޮޑުމިނުގައި 190 އަކަ މީޓަރުގެ ޖާގަ ވެއެވެ. މި ރެސްޓޯރެންޓްގައި ތިބެގެން ކަނޑުގެ 6.8 މީޓަރު އަޑީގެ ހިތްގައިމު ކަނޑުގެ ބަގީޗާގެ މަންޒަރުތައް ބަލައިލުމުގެ ފުރުސަތު ހުޅުވިގެން ދާނެއެވެ. ހަމަ އެއާ އެކު ލައިވް ޝެފުންގެ ލައިވް ކުކިންގ ވެސް މި ރެސްޓޯރެންޓުން ފެނިގެން ދާނެއެވެ.

ލޯބިގިލި ރިސޯޓަށް ޒިޔާރަތް ކުރާ ޓޫރިސްޓުންނަށް، އެ ރިސޯޓުން ދޭ 'ލޯބި ޕްލޭން އޮފާ' އަދި މަދުވެގެން ހަތަރު ދުވަހުގެ ހުރުން ބުކް ކޮށްގެން އޮންލީ ބްލޫ އިން އެއް ކެއުން ހިލޭ ލިބޭނެ ކަމަށް އެ ރެސްޓޯރެންޓްއިން ބުނެއެވެ. ނަމަވެސް އާއިލާފުށްޓަށް ޒިޔާރަތްކުރާ މީހުންނަށް އޮންލީ ބްލޫގެ ހިދުމަތަކަށް ބުކް ކުރެވޭނީ އިތުރު ހަރަދެއް ކޮށްގެންނެވެ.

ޓެގްސް: ދިވެހިރާއްޖޭގެ ރިސޯޓްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.