ސޮޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ސްކްރީންޝޮޓެއް

ހަބަރު

ގުރުއާން ކްލާސްހިންގަން ހަވާލުކުރި މިސްކިތެއްގައި ބިދޭސިން ނިންދަވާ މައްސަލައެއް ފެންމަތިވެއްޖެ

އަލީ އަޒްޔަން - އަތޮޅު ތެރެއިން | 18 ޖޫން 2022 , ހޮނިހިރު 18:06   325

ފާފު އަތޮޅު ދަރަނބޫދޫގައި ހުރި ބޭނުންނުކުރާ އާސާރީ މިސްކިތެއްގައި ބިދޭސީން ނިންދަވާ މައްސަލައެއް ފެންމަތިވެ ހޫނުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ހިއްސާކުރައްވާފައިވަނީ މާލެ ސިޓީގެ ހުޅުމާލެ ކައުންސިލަރު އިބްރާހިމް ޝުޖާއު އެވެ. ޝުޖާއު ވީޑިއޯގައި ވިދާޅު މިއީ ދީނަށް ކުރާ ފުރައްސާރައެއްގެ ގޮތުގައި ދެކެވަޑައިގަންނަވާކަމަށެވެ. އޭނާ ވަނީ މިސްކިތުގެ ހުރުމަތް ކެނޑޭގޮތަް އިންޑިއާ މަސައްކަތު މީހުން ނިންދަވާތީ އެކަން ކުއްވެރިކުރައްވާފައެވެ.

ވީޑިއޯގައި ފެންނަގޮތުން އެމީހުން އޮށޯވެގެން ތިބޭތަނާއި ގެންގުޅޭ ސާމާނު ފެނެއެވެ. އަދި ގުދަންކޮށްފައި ހުރި ގިނަތަކެތި ފެނެއެވެ.

ސޯޝަލްމީޑިއާގައި ޢާއްމުވެފައިވާ ވީޑިއޯ.

މިއީ އެރަށަށް ނަރުދަމާގެ މަސައްކަތް ކުރަން ދިޔަބަޔަކުކަމަށް ބެލެވެއެވެ.

އިސްލާމިކް މިނިސްޓްރީ އިން ވަނީ މިމައްސަލަ ބައްލަވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ. މިނިސްޓްރީ އިން ވިދާޅުވީ 2017 ވަނަ އަހަރު އެމިސްކިތް ވަނީ ގުރުއާން ކްލާސްތަކެއް ހިންގުމަށް އެރަށު ކައުންސިލާއި ޙަވާލުކުރެވިފައެވެ. އޭގެ ފަހުން ގުރުއާން ކްލާސްތަކެއް އެމިސްކިތުގައި ހިންގާފައިވާކަމުގެ މަޢްލޫމާތު ލިބިފައިވާކަމަށް ވެސް މިނިސްޓްރީ އިން ވިދާޅުވިއެވެ.

އެމިސްކިތް ވަނީ ތަށިމުށި ޖަހައި ރަނގަޅު ފެންވަރަކަށް ހަދާފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.