ައައްޑޫސިޓީ ހިތަދޫ

ވިޔަފާރި

އުޅަނދުތަކުގައި ހުއްދައާއި ނުލައި ކާބޯތަކެތީގެ ވިޔަފާރިކުރެވޭ ސަރަހައްދު ތަކެއް ކަނޑައަޅައިފި

ދާނިޝް - އައްޑޫ އަތޮޅު | 18 ޖޫން 2022 , ހޮނިހިރު 18:58   242

އައްޑޫ ސިޓީ ހިތަދޫގައި އުޅަނދު ބޭނުންކޮށްގެން ހިއްދައާއި ނުލައި ކާބޯތަކެތީގެ ވިޔަފާރިކޮށް ޙިދުމަތް ކުދެވޭނެ ސަރަހައްދުތައް އައްޑޫ ސިޓީ ކައުންސިލުން ކަނޑައަޅައި ނިންމާފިއެވެ. އައްޑޫސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި މި ނިންމުން ނިންމަން ޖެހުނީ ކާބޯތަކެތީގެ ވިޔަފާރި އުޅަނދުތަކާއެކު ކުރިއަށް ގެންދެވޭނެ ސަރަހައްދުތައް ދަނެގަންނަން އާންމުންގެ ތެރެއިން ގިނަ ބަޔަކު އެކަމަށް އެދެމުން އަންނާތީއެވެ.

މަނާކޮށްފައިވާ ގިނަ ސަރަޙައްދުތަކަކީ ހިތަދޫގެ ސަރަޙައްދުތަކެވެ.

ހިތަދޫގައި އުޅަނދެއް ނުވަތަ އެނޫންގޮތައް ހަދައިގެން ކާބޯތަކެތީގެ ޚިދުމަތް ނުދެވޭނެ ސަރަހައްދުތައް

  • އަވަށުގެ މިސްކިތްތަކުގެ ކުރިމަތި
  • އޭ.އީ.އެޗް ވަށައިގެންވާ ސަރަޙައްދު
  • ސައިހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ކުރިމަތި
  • ލިންކްރޯޑުގެ 60 ބޯޑު ޖަހާފައިވާ ބާރަށް ދުއްވާ ސަރަހައްދު
  • ދައުލަތުގެ މުއައްސަސާ އަދި ސްކޫލްތަކުގެ ކުރިމަތި
  • މަގުތަކާއި ދުވާރުމަތީގައި
  • ގާޑިޔާ ވިޔަފާރި ކުރަމަށް މިހާރުވެސް ހުއްދަ ދެވިފައިވާ ސަރަޙައްދުތައް

އައްޑޫސިޓީ ކައުންސިލުން ވަނީ ކުރިން ގާޑިޔާ ވިޔަފާރިވެސް ކައުންސިލުގެ ހުއްދައިގެ ދަށުން ނޫނީ ނުކުރެވޭ ގޮތަށް ކަނޑައަޅައި، ގާޑިޔާ ތަކަށް ވަކި ސަރަހައްދެއް ކަނޑައެޅުމާއެކު އެފަދަ ވިޔަފާރިވެރިން ގާޑިޔާތައް ރަޖިސްޓްރީ ކުރުމަށް އަންގާފައެވެ.

އައްޑޫގައި މިވަގުތު އުޅަނދުފަހަރުގައި ކާބޯތަކެތި ވިއްކާ ފަރާތްތައް ނެތްކަން ފާހަގަކޮށްލެވެއެވެ.

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.