އުތުރު ކޮރެޔާގެ ވެރިރަށް ޕިޔޮންގޔެން

ދުނިޔެ

އުތުރު ކޮރެޔާގައި ނުރައްކާތެރި ބައްޔެއް ފެތުރެން ފަށައިފި

ދާނިޝް - އޭޝިއާ | 19 ޖޫން 2022 , އާދީއްތަ 14:28   217

އުތުރު ކޮރެޔާގެ ދެކުނުގައިވާ ހުވަންގާއީ ޕްރޮވިންސްގައި ހަލުވިކަމާއެކު ނުރައްކާތެރި ބައްޔެއް ފެތުރެމުން ދާ ކަމަށް ރިޕޯޓުކޮށްފިއެވެ.

މީޑިއަ ރިޕޯޓުތައް ބުނާ ގޮތުގައި މިއީ ކުޑަގޮހޮރަށް ޖެހޭ ބައްޔެކެވެ. އަދި ބަލީގެ އަސްލު ދަނެގަނެވިފައި ނެތަސް ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ފޯރުކޮށްދެމުން ދާ ކަމުގައެވެ.

ސިއްހީ މާހިރުން ލަފާކުރާ ގޮތުގައި އުތުރު ކޮރެޔާގައި ފެތުރެމުން މިދާ ބައްޔަކީ ޓައިފޮއިޑް ނުވަތަ ކޮލެރާއެވެ. މި ބަލީގެ އަސްލު ދަނެގަނެވިފައި ނުވާއިރު އެ ގައުމުގައި ކޯވިޑް-19 ވެސް ވަނީ ފެތުރެން ފަށާފައެވެ. އުތުރު ކޮރެޔާގެ މީޑިއާ ތަކުން ރިޕޯޓުކުރާ ގޮތުގައި ކޮލެރާ ނޫނީ ޓައިފޮއިޑް ކަމަށް ޝައްކު ކުރެވޭ ބަލި އެގައުމުގެ 800 އެއްހާ އާއިލާ ތަކަށް ޖެހިފައިވެއެވެ.

މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ބަލި ޖެހޭ މީހުން ކަރަންޓީނު ކުރުމާއި، ބައްޔަށް ޝައްކު ކުރެވޭ މީހުން ދަނީ ސްކްރީންކޮށް އެކަހެރިކުރަމުންނެވެ. އަދި ބަލި ޖެހިފައިވާ މީހުންގެ ގެތަކާއި ތަންތަން ޑިސްއިންފެކްޓު ކުރުމާއި، ބޯފެން ތަޣައްޔަރު ވިޔަ ނުދިނުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ލަފާ ކުރެވޭ ގޮތުގައި އުތުރު ކޮރެޔާގައި ފެތުރެމުން މިދާ ބަލި ތަކުގެ ސަބަބުން އެ ގައުމުގެ ދަނޑުވެރިކަމުގެ ސިނާއަތަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށް ބެލެވެއެވެ.

ޓެގްސް: ނޯތް ކޮރެއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.