ކުކުރެލާ

ކުޅިވަރު

ސިޓީއިން ކުކުރެލާ ހޯދުމަށް މަސައްކަތް ފަށައިފި

ދާނިޝް - ޔޫރަޕް | 19 ޖޫން 2022 , އާދީއްތަ 17:23   426

އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީއިން ބްރައިޓަންއަށް ކުޅޭ ސްޕެއިންގެ މާކް ކުކުރެލާ ހޯދަމުގެ މަސައްކަތް ފަށައިފިއެވެ.

އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ އަކީ ބާސެލޯނާގެ ޔޫތު އެކެޑަމީން ތަމްރީނާއެކު ފުޓުބޯޅާގެ ރޮގުން ކުރިއަށް ދަމުންދާ ކުޅުންތެރިއެކެވެ. އަދި ކުކުރެލާ ބްރައިޓަންގައި މި ސީޒަނުގައި އޭނާ ކުޅުނު މެޗު ތަކުގައި މޮޅު ކުޅުމެއް ދައްކައި، ނިމިދިޔަ ސީޒަންގައި އެ ޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައި ގިނަ ޓީމު ތަކެއްގެ ސަމާލުކަން އޭނާ ވަނީ ހޯދައިފާ ވެއެވެ.

ސިޓީއިން ކުކުރެލާ ހޯދުމުގެ މަސައްކަތް ކުރަމުން މިދަނީ އެ ޓީމަށް ކުޅޭ ޔޫކްރޭންގެ ޒުވާން ޑިފެންޑަރު ދޫކޮށްލުމަށް ފަހުގައިކަން ފާހަގަކޮށްލެވެއެވެ. ޒިންޗެންކޯއަކީ ސިޓީގެ ވާތު ފަޅިން ފަހަތަށް ކުޅޭ ކުޅުންތެރި އެއް ނަމަވެސް ސިޓީއާއެކު ކުޅުނު ގިނަ މެޗުތަކުގައި އޭނާ ބޭނުންކޮށް ފައިވަނީ މެދުތެރެއިން ވާއަތުފަޅިއަށް ކުޅޭ ކުޅުންތެރި އެއްގެ ގޮތުގައެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.