ފެންބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު ހާލުގައި ޖެހިފައި

ދުނިޔެ

ބަންގްލަދޭޝާއި އިންޑިއާގެ ގިނަ ބަޔަކު ހާލުގައި ޖެހިފައި

ދާނިޝް - އޭޝިއާ | 19 ޖޫން 2022 , އާދީއްތަ 23:19   238

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބަންގްލަދޭޝާއި އިންޑިއާގެ އިރުއުތުރުގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެތައް މިލިޔަން ބަޔަކު ހާލުގައި ޖެހިއްޖެއެވެ.

ބަންގްލަދޭޝް ސަރުކާރުން މައުލޫމާތު ދޭ ގޮތުގައި މިއީ 2014 ވަނަ އަހަރަށް ފަހު އެ ގައުމަށް ދިމާވި މޫސުމީ އެންމެ ބޮޑު ކާރިސާއެވެ. މިގޮތުން ހޮނުއެޅުމާއި 15 މީހުން މަރުވެގެން ދިޔައިރު ފެނަބޮޑުވުމާއި ގުޅިގެން ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއާއި ގުޅިގެން 4 މީހަކު މަރުވެފައިވާ ކަމަށް ބަންގްލަދޭޝްގެ ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއެވެ.

ބަންގްލަދޭޝްގެ ސިލްހެތް ސަރަޙައްދާއި އިރުއުތުރުގެ ގިނަ ސަރަޙައްދުތައް މިހާރު އޮތީ ފެނު އަޑީގައި ކަމަށް އެ ގައުމުގެ މީޑިއާ ތަކުން ރިޕޯޓުކުރެއެވެ. އަދި ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ސުނަމްގަންޖް ޑިސްޓްރިކްޓަށް ކަމަށާއި އެ ރަށުގައި ބަންދުވެފައިވާ މީހުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދީ ސަލާމަތް ކުރުމަށް ބަންގްލަދޭޝްގެ އަސްކަރިއްޔާއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބެނއެވެ. ހަމައެހެންމެ އެ ގައުމުގެ ކޯރުތަކުގެ ފެންގަނޑު ނުރައްކާތެރި މިންވަރަކަށް އުފުލިފައި ވުމުގެ ސަބަބުން ކުރިމަތިވަމުންދާ ހާދިސާތަކާއި ގުޅިގެން ބަންގްލަދޭޝްގެ އިރުއުތުރުގެ ސަރަޙައްދުތަކުގައި އިންސާނީ މުސީބާތެއް ކުރިމަތިވެދާނެ ބިރު ހީވެފައިވާ ކަމުގައި މާހިރުން ލަފާ ކުރައްވައެވެ.

ފެންބޮޑުވުމުގެ ސަބަބުން 16 މިލިޔަނަށް ވުރެ ގިނަ މީހުން ގެދޮރުގައި ބަންދުވެފައިވާ ވާއިރު ކާބޯތަކެތި ހޯދާނެ މަގުތައް ބަންދުވުމުގެ އިތުރުން ކަރަންޓާއި މުވާސަލާތީ ޚިދުމަތްތަކަށް ވެސް ވަނީ ބުރޫއަރާފައެވެ.

އިންޑިޔާގެ އިރުއުތުރު އައްސާމް ސްޓޭޓަށް ވެސް ދަނީ ބޯކޮށް ވާރޭ ވެހި ފެންބޮޑޫވުމުގެ ސަބަބުން އެކި ހާދިސާތައް ކުރިމަތި ވަމުންނެވެ. އެ ސްޓޭޓްގައި މިގޮތުން އެ ސްޓޭޓް ގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި ނުވަ މީހަކު ވަނީ މަރުވެފައެވެ. އަދި ދެ މިލިޔަނަށް ވުރެ ގިނަ މީހުންނަށް ވަނީ އެ މީހުންގެ ގެދޮރު ދޫކުރަން މަޖުބޫރުވެފައެވެ. މި ވިއްސާރައިގެ އަސަރު އިންޑިޔާގެ 25 ސްޓޭޓަކަށް ކުރަމުންދާ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

ޓެގްސް: ބަނގްލަދޭޝް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.