ސިގިރެޓި

ދުނިޔެ

ކޮންމެ ސިގިރެޓެއްގައި ވަކިން އިންޒާރު ޖަހަނީ

ދާނިޝް - އެމެރިކާ | 19 ޖޫން 2022 , އާދީއްތަ 20:00   203

ކޮންމެ ސިގެރެޓެއްގައި ވަކިން އިންޒާރު ޖެހުމަށް ކެނެޑާއިން ނިންމައިފިއެވެ.

ކެނެޑާއިން މި ނިންމުން ނިންމާފައިވަނީ ދުންފަތުގެ ބާވަތްތަކުގެ ފޮށީގައި އިންޒާރު ޖެހުމުންވެސް ދުންފަތުގެ އިސްތިއުމާލު ކުރާ މީޙުންގެ އަދަދަށް ދެ އަހަރު ދުވަސް ވީ އިރުވެސް އެއްވެސް ބަދަލެއް ނާންނާތީއެވެ.

ކެނެޑާގެ ނަފްސާނީ ދުޅަހެޔޮ ކަމާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ބެހޭ ވަޒީރު ކެރޮލީން ބެނެޓް ވިދާޅުވީ، ކުރިން ޖަހާފައިވާ ފޮޓޯގެ ތާޒާކަން ގެއްލިފައިވާ ކަމަށާއި އިންޒާރު ދުނުމުގެ ގޮތުން ހިމަނާފައިވާ މެސެޖުތަކުގެ އަސަރު ވެސް ގެއްލިފައިވާ ކަމަށް ގަބޫލުކުރެވޭ ކަމުގައެވެ.

އެހެންކަމުން ވަކި ވަކި ދުންފަތުގެ ބާވަތްތަކުގައި އިންޒާރު ޖެހުމުން ދޭން ބޭނުންވާ އިންޒާރުގެ މެސެޖު ފަސޭހަކަމާއި އެކީ ދެވޭނެ ކަމަށާއި ފުރާ ވަރުގެ މީހުންނާއި ހަމައަށް ވެސް މެސެޖު ދިއުން އަވަސްވާނެ ކަމަށް އޭނާ ވަނީ ގަބޫލުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ނިންމުމުގެ އަމަލީ ކުލަވަރު 2023 ގެ ދެވަނަ ކުއާޓާގައި ފެނިގެން ދާނެ ކަމަށް ކެނެޑާގެ މީޑީއާ ތަކުން ބުނެއެވެ. އަދި މި ބަދަލާއެކު ސިގިރެޓި ފޮށީގައި ޖަހާފައިވާ ލޭބަލް ބަދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޓެގްސް: ސިއްޙަތު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.