ކެމީލް ވަސްގެސް

މުނިފޫހިފިލުވުން

އެމެރިކާގެ ރައީސާ ކަމަށް ކެމީލް ވަސްގެސް ކުރިމަތިލާނެތަ؟

ދާނިޝް - އެމެރިކާ | 19 ޖޫން 2022 , އާދީއްތަ 21:10   254

ދާދި އިހަކަށް ދުވަހު ނިމިގެންދިޔަ ހޮލީވްޑްގެ ފިލްމީތަރި ޖޮނީ ޑެޕް އޭނާގެ ކުރީގެ އަނބިމީހާގެ އެމްބާ ހާޑްގެ މައްޗަށް އުފުލި އަބުރުގެ ދައުވާގެ ކޯޓް ކޭހުން މީޑިއާގެ ސަމާލުކަން ހޯދި ގާނޫނީ ވަކީލް ކެމީލް ވަސްގެސް އެމެރިކާގެ ރައީސް ކަމަށް ގެނައުމުގެ ކެމްޕޭނެއް ޑެޕްގެ ފޭނުން ފަށައިފިއެވެ.

އެމެރިކާގެ ރައީސް ކަން އަދި މިހާތަނަށް އެއްވެސް އަންހެނަކު އަދާކޮށްފައި ނުވާއިރު 2024 ވަނަ އަހަރު އެމެރިކާގެ ރައީސް ކަމަށް ވާދަކުރާނެ އަންހެނަކާއި ގުޅޭ ބަހުސަކީ މިހާރު އެމެރިކާގައި ވަރަށް ހޫނުގަދަ ބަހުސެކެވެ.

2024 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ކެމީލް ވާދަކުރުމަށް ގޮވާލައި ސަޕޯޓަރުން ގެންދަނީ ކެމީލްގެ ނަމުގައި ކެމްޕޭން އައިޓަމްތައް ވެސް ތައްޔާރު ކުރަމުންނެވެ. މިގޮތުން ކެމީލްގެ ނަމާއި 2024 ވަނަ އަހަރުގެ ކެންޑިޑޭޓެއްކަން އަންގައިދޭ ލިޔުންތަކާއި ޕޯސްޓަރުތަކާއި، ޓީޝާޓްތަކާއި ހޫޑީސްތަކާއި އެފަދަ އެހެން ތަކެތިވެސް ސަޕޯޓަރުން އަންނަނީ ތައްޔާރު ކުރަމުންނެވެ.

ކެމީލް ވެރިކަމަށް ގެންނަން ސަޕޯޓަރުން ބޭނުންވި ނަމަވެސް ސިޔާސީ ދާއިރާގައި މަސައްކަތް ކުރުމާއި ގުޅޭ ގޮތުން ކެމީލް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޓެގްސް: އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.