އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބަހެއްގެ ކުރީ ސީޓުގައި

ހަބަރު

25 މީހުންގެ ޖާގައި 20 ބަސް އައްޑޫއަށް، ފުވައްމުލަކަށް 5 ބަސް ފޮނުވަން ތައްޔާރުވެއްޖެ

އަލީ އަޒްޔަން - އަތޮޅު ތެރެއިން | 20 ޖޫން 2022 , ހޯމަ 12:00   605

ދިވެހިރާއްޖޭގެ 5 ސަރަޙައްދަކަށް ބަހުގެ ޚިދުމަތް ދިނުމަށްޓަކައި 50 އަހަރުގެ އެގްރިމެންޓެއްގައި އެމްޓީސީސީ އިން އެމްޕީއެލް އާއި އެކު ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޖުލައިމަހުގެ 1 ވަނަ ދުވަހުއެވެ.

މީގެ ކުރިން މިރަށްތަކުގައި ޚިދުމަތްދެމުން އައީ އެމްޕީއެލް މެދުވެރިކޮށެވެ. އެކި ސަބަބުތަކާއި ހެދި މިޚިދުމަތް އެދެވޭގޮތެއްގައި މިހާތަނަށް ފޯރުކޮށްދެވިފައި ނުވެއެވެ.

އައްޑޫގައި މިވަގުތު ބަސް ދަތުރުކުރަމުން ދަނީ ހަމައެކަނި ފޭދޫ އާއި ހިތަދޫ އާއި ދޭތެރޭ ސްކޫލްކުރިން އުފުއްލުމަށެވެ.

އެމްޓީސީސީ އިން މަޢްލޫމާތު ދެއްވާފައިވާގޮތުގައި، އައްޑޫ، ފުވައްމުލައް، އަދި ލާމު އަތޮޅަށް ބަހުގެ ޚިދުމަތްދިނުމަށް ބޭނުންވާ ބަސްތައް މިހާރު ވަނީ އޯޑަރު ދެވިފައެވެ. މިބަސްތައް މިއަންނަ މަހު ލިބޭނެކަމަށް ބެލެވޭއިރު، މިބަހަކީ ކުރިން ހުރި ބަސްތަކާއި އަޅާބަލާއިރު ކުދި ބަސްތަކެކެވެ. މި ބަސްތަކުގައި ހުންނާނީ 20 މީހުންނައި 25 މީހުންގެ ޖާގައެވެ.

އަތޮޅުތެރެއަށް ފޯރުކޮށްދިނުމަށްޓަކައި ޖުމްލަ 34 ބަހެއް ގެންނައިރު މީގެ ތެރެއިން 20 ބަހެއް ފޮނުވަން ހަމަޖެހިފައިވަނީ އައްޑޫ ސިޓީ އަށެވެ. އެއީ ފޭދޫ އަށް 14 ބަހަކާއި، ހުޅުމީދޫ އަށް 6 ބަހެކެވެ.

މީގެ އިތުރުން ވެސް 5 ބަހެއް ފޯއްމުލަކަށް ފޮނުވާނެއެވެ. އަދި 2 ބަހެއް ފޮނުވާނީ ލާމު އަތޮޅަށެވެ.

އެމްޓީސީސީ އިން ބުނެފައިވަނީ އަންނަ މަހު ކުރީކޮޅު ޚިދުމަތްދޭން ފެށޭވަރުވާނެކަމަށާއި، މިހާރު ބަސް ސްޓޮޕްތައް ހެދުމާއި، ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

ޓެގްސް: ދަތުރުފަތުރު އެމްޓީސީސީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.