އެމްއެންޔޫ ހިތަދޫ ކެމްޕަހުގައި ވެލްޑިންގ ޕްރޮގްރާމްތަކެއް ފަށަން ތައްޔާރުވަނީ

ހަބަރު

ވެލްޑިންގ ކޯސްތަކެއް އައްޑޫގައި، ތައްޔާރުތަ؟

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 20 ޖޫން 2022 , ހޯމަ 14:27   304

މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީ (އެމްއެންޔޫ) ގެ ހިތަދޫ ގައި ހުންނަ ކެމްޕަހުގައި ރައްކާތެރިކަމާއި އެކު ވެލްޑްކުރަން ދަސްކުރާ ކޯސްތަކެއް ފަށަން ތައްޔާރުވެއްޖެއެވެ.

ހިތަދޫ ކެމްޕަހުގެ ފަރާތުން މަޢްލޫމާތުދެއްވަމުން ކެމްޕަސް މެނޭޖަރ އިދްހާމް ފަހުމީ ވިދާޅުވީ، މިހާރު ފެށުމަށް ތައްޔާރުވަމުންދާ "ވެލްޑިން އެންޑް ޝީޓް މެޓަލް" ކޯހަކީ ސެޓްފިކެތް ލެވެލް 3 ގެ ކޯހެއް ކަމަށެވެ. މިކޯހުގެ މުއްދަތަކީ 15 ހަފްތާއެވެ.

އިދްހާމް އިތުރަށް ވިދާޅުވީ، އަލަށް މިދާއިރާއަށް ނިކުންނަން ބޭނުންވާ މީހުންގެ އިތުރުން، ވަޒީފާ އަދާކުރާ ފަރާތްތަކަށް ފަސޭހަވާނެހެން ކްލާސްތައް ހަމަޖައްސާފައިވާނެ ކަމަށެވެ. މިގޮތުން ކްލާސްތައް އޮންނާނީ ހަފްތާ ބަނދުގައެވެ.

އަޅުގަނޑުމެންގެ އިގްތިޞާދު ފުޅާވެ ޢުމްރާނީ މަސައްކަތުގެ ދުވެލި ބާރުވަމުންދާ އިރު، ވެލްޑިންގގެ މަސައްކަތަކީ ޑިމާންޑް ބޮޑު މަސައްކަތެއް ކަމުގައި ފާހަގަ ކުރަން. އަދި އެހާމެ ރަނގަޅު ޢާމްދަނީއެއް ވެސް އެކަމަކުން ލިބޭނެ މަސައްކަތެއް. ވިޔަފާރިތަކުން ވެސް ބޭނުންވޭ މިފަދަ މަސައްކަތްތެރިން. މިފަދަ ކޯސްތަކުގެ ބޭނުން ހިފައިގެން ނިކުންނަ ފަރާތްތަކަށް އިތުރު އާކަންކަން ކުރުމުގެ ފުރުޞަތު ވެސް ހުޅުވިގެންދާނެ ޔަޤީން. ދެން މި ކޯހުގެ ތެރެއިން ރައްކާތެރި ގޮތުގައި ވެލްޑްކުރަން ދަސްވާނެ. ވެލްޑިންގ އަކީ އެކަންކުރަން އޮންނަގޮތަށް ކުރަން ދަސްވެއްޖެނަމަ އެހާ އުނދަގޫ މަސައްކަތެއް ނޫން ކުރާކަށް.

~ އިދްހާމް ފަހުމީ، ކެމްޕަސް މެނޭޖަރ

މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް އިތުރަށް ކުރިއަށް ދިއުމަށްޓަކައި މިދާއިރާގެ މަތީ ކޯސްތަކެއް ފެށުމަށް ތައްޔާރުވަމުން އަންނަކަން ވެސް އިދުހާމް ފާހަގަކުރެއްވިއެވެ.

އެޕްލިކޭޝަން ފޯމް ކެމްޕަހުން ލިބެންހުންނާނެއެވެ. މީގެއިތުރުން އޮންލައިން ޕޯޓަލް މެދުވެރިކޮށް ވެސް ހުށަހެޅޭނެއެވެ.

މިލިޔުމާއި ގުޅޭ :

އިތުރު މަޢުލޫމާތު

ޓެގްސް: އެމްއެންޔޫ އެމްއެންޔޫ ހިތަދޫ ކެމްފަސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.