މުބާރާތުގެ ސެމީފައިނަލްގައި ބައްދަލުކުރި ޓީމްތައް

ހަބަރު

އައްޑޫގައި މިހާތަނަށް އެންމެގިނަ ކުޅުންތެރިން ބައިވެރިވާ ބެޑްމިންޓަން މުބާރާތުގެ ފައިނަލް މިރޭ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 20 ޖޫން 2022 , ހޯމަ 15:30   516

އައްޑޫ ސިޓީގައި މިހާތަނަށް އެންމެ ގިނަ ކުޅުންތެރިންނާއެކު ބޭއްވޭ އެންމެ ބޮޑު ބެޑްމިންޓަން މުބާރާތުގެ ފައިނަލް މިރޭ އޮންނާނެކަމަށް އެމުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެފިއެވެ.

މިމުބާރާތަކީ ސ.ފޭދޫ އަހުމަދު ޒިޔާދުﷲ އާއި ނާތިޖް ޢަލީ ގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މުބާރާތެކެވެ.

މުބާރާތާއި ގުޅޭގޮތުން އެކްސްޕްރެސް ނޫހާއި ވާހަކަދައްކަވަމުން ނާތިޖް ވިދާޅުވީ ވީހާވެސް ގިނަ ކުޅުންތެރިންނަށް ފުރުސަތުދީގެން ކުރިއަށް ގެންދަން ބޭނުންވި މުބާރާތެއްކަމަށެވެ. މިމުބާރާތް ކުރިއަށް ގެންދިއައީ ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެންމެ ފުރަތަމަ ކުޅުނީ ދެވަނަ ޑިވިޝަންގެ މެޗުތަކެވެ.

ހުރިހާ ޢުމުރުފުރާއަކަށް ހުޅުވިގެން ކުރިއަށްދިޔަ، ދެވަނަ ޑިވިޝަނުގެ ކުޅުން ކުރިއަށް ގެންގޮސްފައިވަނީ ޖޫން މަހުގެ 3 އިން 11 އަށެވެ. ދެވަނަ ޑިވިޝަނުގައި އެކި އުމުރުފުރާތަކުގެ ޖުމްލަ 71 ކުޅުންތެރިއަކު ބައިވެރިވެ 130 މެޗުކުޅެފައިވެއެވެ. ދެވަނަ ޑިވިޝަނުން ފައިނަލަށް ދިޔަ ކުޅުންތެރިން މިރޭކުޅޭ ފުރަތަމަ ޑިވިޝަންގެ ފައިނަލުގައި ފުރަތަމަ ޑިވިޝަންގެ އެހެން ސެމީފައިނަލިސްޓް ތީމުތަކާއި ވާދަކުރާނެއެވެ.

ފުރަތަ ޑިވިޝަނުގެ ކުޅުން ފެށުނީ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ. ފުރަތަމަ ޑިވިޝަނުގައި 56 ކުޅުންތެރިއަކު ޖުމްލަ 116 މެޗު ކުޅޭނެއެވެ.

އެހެންކަމުން މިއީ އައްޑޫގައި ބޭއްވޭ މުބާރާތެއްގައި އެންމެ ގިނަ ކުޅުންތެރިން ބައިވެރިވެ އެންމެ ގިނަ މެޗުތައް ކުޅޭ މުބާރާތަށް ވެގެންދާނެއެވެ.

މުބާރާތުގެ ފައިނަލްގައި މިރޭ ކުޅޭ ޓީމްތައް

މިމުބާރާތުގެ ފައިނަލް މެޗްތައް މިރޭ 8:00 ގައި މަރަދޫފޭދޫ ޔޫތް ސެންޓަރުގައި ފެށިގެންދާނެއެވެ.

މިމުބާރާތުގައި މެއިން ސްޕޮންސާރ އިންގެ ގޮތުގައި ދޮންނާ ބުކްޝޮޕް، އައިރިސް ޓްރޭޑާސް، ހައިޑްރޯ މޯލްޑިވްސް، ކޮންޓްރޯލް ޕީ، 3 އެސް ހިމެނެއެވެ. މުބާރާތުގެ މީޑިއާ ޕާރޓްނަރަކީ އެކްސްޕްރެސް މީޑިއާ އަދި އެކްސްޕްރެސް ނޫހެވެ.

ޓެގްސް: ބެޑްމިންޓަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.