ބުލްބުލައްޔާ 2 ގެ ޕޯސްޓަރެއް

މުނިފޫހިފިލުވުން

"ބޫލްބުލައްޔާ 2" ނެޓްފިލްކްއިން ދައްކަން ފަށާފި

ދާނިޝް - އިންޑިއާ | 20 ޖޫން 2022 , ހޯމަ 19:16   367

އާންމުންގެ މަގުބޫލުކަން ހޯދި އަނީޒް ބާޒްމީ ޑައިރެކްޓްކުރި ފިލްމް "ބޫލްބުލައްޔާ" ގެ ދެވަނަ ބައި ނެޓްފްލިކްސް އިން ދައްކަން ފަށައިފިއެވެ.

"ބޫލް ބުލައްޔާ" ގެ ދެވަނަ ބަޔަކީ 2007 ވަނަ އަހަރު ނެރުނު ބިރުވެރި މަޖާ ފިލްމު "ބޫލް ބުލައްޔާ" ގެ ސީކުއެލްއެކެވެ. އެބައިގެ ލީޑް ކުޅުނީ އަކްޝޭ ކުމާރާއި ވިދްޔާ ބަލަންއެވެ. ފިލްމުގެ ދެވަނަ ބައިގެ ލީޑް ރޯލުން ފެނިގެން ދަނީ ކިއަރާ އަދުވާނީ އާއި ކާތިކް އާރިޔާންއެވެ.

ސިނަމާތަކުގައި މި ފިލްމު ދައްކަން ފެށީ މިދިޔަ މެއި މަހުގައެވެ. ސިނަމާތަކުގައި މަސް ދުވަސް ހޭދަކޮށްފައިވާއޮރު މި ފިލްމު ވަނީ މިއަހަރުގެ މިހާތަނަށް ނުކުތް އެންމެ ކާމިޔާބު ފިލްމު ތަކުގެ ލިސްޓުގައި ހިމެނިފައެވެ. އެގޮތުން 27 ދުވަހުގެ ތެރޭގައި 175 ކްރޯޑް ރުޕީސްގެ އާމްދަނީ އެއް ފިލްމަށް ލިބިފައި ވެއެވެ.

ކާތިކް އާ ކިއަރާގެ އިތުރުން ތާބޫ، ރާޖްޕާލް ޔާދަވް އަދި ސަންޖޭ މިޝްރާ ވެސް މުހިންމު ރޯލުތަކުން މި ފިލްމުގައި ފެނެއެވެ. މީގެ ކާމިޔާބީއާއެކު ފިލްމުގެ ތިންވަނަ ބައެއްވެސް އުފައްދަން ނިންމާފައިވާ ވާހަކަ މީޑިއާ ތަކުގައި ދައުރު ވަމުންދެއެވެ. އަދި ތިންވަނަ ބައިގެ ލީޑްރޯލުންވެސް ކާތިކް ފެންނާނެ ކަމަށް ރިޕޯޓުކުރެވިފައި ވެއެވެ.

ޓެގްސް: ބޮލީވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.