ސީރިއާގައި ހަރަކާތްތެރި ވަމުންދާ އެމެރިކާގެ ސިފައިންގެ ބައެއް

ދުނިޔެ

އެމެރިކާގެ އަސްކަރިއްޔާ އިން ސީރިއާއިން ގޮވާން ވަގަށް ނަގަމުންދާ ކަމުގެ ތުޙުމަތުކޮށްފި

ދާނިޝް - މެދުއިރުމަތި | 21 ޖޫން 2022 , އަންގާރަ 07:13   361

އެމެރިކާ އަސްކަރިއްޔާގެ ސިފައިން ކުރުދީންނާ ގުޅިގެން ސީރިއާއިން ގޮވާން ވަގަށް ނަގަމުންދާ ކަމުގެ ވާހަކަ ތަކެއް ފެންމަތި ވެއްޖެއެވެ. މި ތުހުމަތު ތަކާއި ގުޅުވައިގެން އަރަބި ބައެއް މީޑީއާ ތަކުން ވަނީ އެމެރިކާ ސިފައިން ގޮވާން ބަރާކޮށްގެން ދުއްވާފައިދާ މަންޒަރު ތަކެއްވެސް އާންމު ކޮށްފައެވެ.

ސީރިއާގެ ހުޅަނގުގެ ސަރަހައްދަކީ ތެލާއި ކާނާއިން މުއްސަނދި ސަރަހައްދެކެވެ. މިއާއެކު ސީރިއާއިން ބުނާ ގޮތުގައި އެމެރިކާގެ ސިފައިން އެގައުމުގެ ހުޅަނގުގެ ސަރަހައްދު ތައް ކޮންޓްރޯލް ކުރާ ކުރުމަކީ އެ ގައުމުގެ އިގްތިސާދަށް ކުރާ ބޮޑު ފިއްތުމެކެވެ. ހަމައެހެންމެ ސީރިއާގެ ރައީސް ބަޝަރުލް އަސަދު ވިދާޅުވާ ގޮތުގައި ވިލާތުގެ ގައުމު ތަކުން އެ ގައުމާ ދެކޮޅަށް އަޅައިފައިވާ ދަތި ކުރުމުގެ ފިޔަވަޅު ތަކުގެ ސަބަބުން

ކެއިން ބުއިމަށް މުޅިންހެން ބަރޯސާވާން ޖެހެނީ އީރާނަށާއި ރަޝިއާއަށް ކަމަށެވެ.

ގޮވާމުގެ ބާވަތްތައް އެމެރިކާ ގެ ސިފައިން ވަގަށް ނަގަމުންދާ ވާހަކަ ތަކެއް ފެންމަތި ވެފައިވާ އިރު އެމެރިކާ ސިފައިން ސީރިއާ ބިމުން ތެޔޮ ވަގަށް ނެގުމަކީ އާންމު ވާހަކައެކެވެ. ސީރިއާގެ ޕެޓްރޯލިއަމް މިނިސްޓަރު، ބައްސާމް ތޯމާ ވިދާޅުވާ ގޮތުގައި އެމެރިކާ ސިފައިން ތެޔޮ ސްމަގްލް ކުރުމުގެ ސަބަބުން ފާއިތުވި އަހަރު ސީރިއާއަށް 92 ބިލިއަން ޑޮލަރު ގެއްލުން ލިބިފައި ވެއެވެ.

ސީރިއާގައި މިހާރު ވެސް އެމެރިކާގެ 900 ސިފައިން އެބަތިއްބެވެ. އާންމު ގޮތެއްގައި ސިފައިން ތިބެނީ ޕެޓްރޯލް ވަޅުތަކާއި ގުދުރަތީ ގޭސް ވަޅުތައް ގާޑުކުރަން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓެގްސް: މެދުއިރުމަތި އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.