ދެލި އެންދުން ހުއްޓާލުމަށް ފަހު ޔޫރަޕްގައި އަނެއްކާވެސް އަންދަން ފަށައިފި

ދުނިޔެ

ތިމާވެށީގެ ލަނޑުދަނޑިތަކާއި ދެކޮޅަށް، ޖަރުމަންވިލާތުގައި އަނެއްކާވެސް ދެލި އަންދަންފަށައިފި

އަލީ އަޒްޔަން - ޔޫރަޕް | 21 ޖޫން 2022 , އަންގާރަ 07:56   359

ބޯޓުދެލި (ކޯލް) އަކީ ކަރަންޓު ހަކަތަ ހޯދުމަކީ ތިމާވެއްޓަށް ބޮޑެތި ގެއްލުންދޭ ބާވަތެއްކަމުން، ޖަރުމަންވިލާތާއި ޔޫރަޕުން ވަރަށްބޮޑަށް މަދުކޮށްފައި އޮތުމަށްފަހު އަނެއްކާވެސް އެ ބޭނުންކުރާމިންވަރު ވަރަށް ބޮޑުތަން އިތުރުކޮށްފިއެވެ.

ޖަރުމަނު ވިލާތުގެ ގްރީންޕާޓީ ސިޔާސީ އިސްފަރާތެއް ކަމުގައިވާ ރޮބާރޓް ހަބެކް އިޢްލާންކޮށްފައިވަނީ "މިހާރު ދިމާވެފައިވާ ޙާލަތުން އަރައިގަނެވެންދެން" ކަރަންޓު އުފެއްދުމުގައި ދެލި ބޭނުންކުރަންޖެހޭކަމަށެވެ.

ޔޫކްރޭން-ރަޝިއާ ހަނގުރާމަ ފެށުމުގެކުރިން ޖަރުމަނުގައި، ރައިޝިއާ އިން އެތެރެކުރާ ގުދްރަތީ ގޭސް ބޭނުންކުރާ މިންވަރު ހުރީ 55 އިންސައްތައިގައެވެ. ނަމަވެސް، ރަޝިއާ އެޅި ޔޫރަޕުން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާއިއެކު މިނިސްބަތް ވަނީ 35 އިންސައްތަ އަށް ތިރިކޮށްފައެވެ.

ރަޝިއާގެ ޕުޓިން ބޭނުންވަނީ އަހަރެމެން ނިކަމެތިކޮށް ބަލިކޮށްލަން. އަހަރުމެން ބައިބައިކޮށްލަން. އެފުރުޞަތެއް ނުދޭނަން. އަހަރުމެން ވަރަށް ވަރަށް ވިސްނުންތެރިކަމާއި އެކު އެކަމާއި ދެކޮޅަށް ތެދުވާނަން. ގުދުރަތީ ގޭހުގެ ބަދަލުގައި ހުރިއެއްޗިހި ނެރެން ތައްޔާރަށް މިތިބީ. މިއީ ކުރަން ހިތިކަމެއް. އެކަމަކު ކުރަންޖެހޭކަމެއް.

~ ހަބެކް

ޖަރުމަނުވިލާތަށް ފިނިމޫސުމް އައުމުގެ ކުރިން އެއްކުރަން ކަނޑައެޅި ގުދްރަތީ ގޭހުގެ ރިޒާވްގެ އަދި މިހާތަނަށް ހަމަވެފައިވަނީ ދެބައިކުޅާއެއްބައެވެ.

ރަޝިއާއިން ވަނީ އެގައުމާއި ބީރައްޓެހިވި ބައެއްގައުމުތަކަށް ތެލާއި ގޭސް ފޯރުކޮށްދިނުން މަޑުޖައްސާލާފައެވެ. ޖަރުމަންދެކެ ރަޝިއާ އިން މިފަހުން ރުޅިގަދަވެފައި ވަނީ އެގައުމުގެ ސީމެންސް ކުންފުނިން އެގައުމުގައި ހަރުކޮށްފައިވާ ޓާބައިންސްތަކުގެ މަރާމާތަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ދެކޮޅުހެދުމުންނެވެ.

ޓެގްސް: ތިމާވެށި ޖަރުމަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.